ކިހާދޫ ސްކޫލްގެ ޑިނަރނައިޓް އަންނަމަހު 22ގައި

1743467_626569494057347_1924860327_n.jpg

ކިހާދޫ ސްކޫލްގެ ޕީޓީއޭއިން ބޭއްވި ޑިނަޜނައިޓެއް - ފޮޓޯ : ކިހާދޫސްކޫލް ޕީޓީއޭ ފޭސްބުކް

ބ.ކިހާދޫ ސްކޫލުގެ ޕީ.ޓީ.އޭ ގެ ފަރާތުން 2010ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޑިނަރ ނައިޓް އަންނަ މަހު 22ވަނަ ދުވަހުގެ ރޭ ބާއްވާގޮތަށް އެސްކޫލްގެ ޕީޓީއޭ އިން ނިންމައިފިއެވެ.” ދިވެހި ސުފުރާ 2015 ” ގެ ނަމުގައި ބާއްވަމުން އަންނަ މި ޑިނަރ ނައިޓް އަކީ ކިހާދޫ ސްކޫލްގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ބާއްވަމުން އަންނަ “ޖާފަތެއް” ކަމުގައި ސްކޫލް ޕީޓީއޭ އިން ބުނެއެވެ.

ބ. އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ، ދިވެހި ރަހަތަކަށް ބޮޑަށް އިސްކަން ދީގެން ބާއްވަމުން އަންނަ މިޑިނަރނައިޓްގައި ވަރަށް ގިނަ ދިވެހިންގެ އަމިއްލަ ކެއުން ހިމަނާފައި ހުރެއެވެ. އޭގެ ތެރޭގައި ތާޒާ މަހުން އުފައްދާފައި ހުންނަ ބާވަތްތަކާ  ތަފާތު ވައްތަރުގެ އަސާރައާއި ކަށިކޭލުން އުފައްދާފައި ހުންނަ ވައްތަރުތައް ހިމެނެއެވެ. އެހެންކަމަުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މި ކެއުންގަނޑުވަނީ އަހަރު ތެރޭގައި އެމީހުން އެންމެ ޝައުގުވެރިކަމާއެކު ބައިވެރިވާ އަދި އެކަމަށް އެދިއެދި ތިބޭ ކެއުންގަނޑަކަށެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ކިހާދޫގެ އާންމު ރައްޔިތުންނާއި ސްކޫލުކުދިން އަދި އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކުވެސް މި ޑިނަރ ނައިޓަށް ޒިޔާރަތް ކުރެއެވެ.

މިޑިނަރނައިޓް ބޭއްވުމުގައި ކޮންމެ އަހަރަކުވެސް އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީތެރިކަމާއި ކިހާދޫ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަމަށާއި މިފަހަރުވެސް މި ފަރާތްތަކުގެ އެހީތެރިކަން ލިބޭނެކަމަށް ޕީޓީއޭ އިން އުއްމީދު ކުރެއެވެ.

މި ޑިނަރނައިޓުގެ ޓިކެޓެއްގެ އަގަކީ -/150 ރުފިޔާއެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top