މައްސަލަ ސާފުކޮށްދޭން ޕީޖީ، ގޮއިދުއަށް

img_md_201912070233341575711214.5519.jpg

ޕީޖީ ޝަމީމް

މީގެ 15 ވަރަކަށް އަހަރު ކުރިން ބ. ގޮއިދޫގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މުދިމުގެ މައްސަލަ ހައިކޯޓުގައި އޮއްވައި އަނބުރާ ގެންދަން ނިންމި ސަބަބު ގޮއިދޫ ރައްޔިތުންނާއި ގެއްލުުންވީ އާއިލާތަކަށް ހާމަ ކޮށްދިނުމަށް އެ ރަށަށް ވަޑައިގަންނަވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނިންމަވައިފި އެވެ.

ގޮއިދޫ މުދިމުގެ މައްޗަށް މިމައްސަލައިގާ  2006 ވަނަ އަހަރު ދައުވާ ކޮށްފައެވެ. ކްރިމިނަލް ކޯޓުގައި އެމައްސަލަ ފެށިތާ 10 އަހަރު ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ދައުވާ ސާބިތުނުވާ ކަމަށް ނިންމައިފައެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށް އެ މައްސަލައިގެ އަޑުއެހުމެއްވެސް ހައިކޯޓުގައި ބާއްވާފައި ވަނިކޮށް ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވވިކަމަށް ”ސަން” ގައިވަނީ ، އެ މައްސަލައިގެ ތަހުގީގު ބިނާކޮށްފައި އޮތީ ކުރީގެ ގާނޫނު އަސާސީގެ އުސޫލުތަކުގެ މަތިން ކަމަށެވެ. އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު މިހާރުގެ ގާނޫނު އަސާސީގައި ޖިނާއީ ކުށެއް ޝަރީއަތަށް ސާބިތު ކުރަން ޖެހޭ މިންގަނޑަށް ފެތޭ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ހައިކޯޓުގައި އެ މައްސަލައިގައި ޕީޖީ އޮފީހަށް ވަކާލާތު ކުރެވެން އޮތީ މިހާރުގެ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ޝަފީއު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަ އަނބުރާ ގެންދަން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ވަކާލާތު ކުރަން ޖެހޭތީ އެވެ.

ޝަފީއު ވިދާޅުވީ، ޕީޖީ ވަރަށް އަވަހަށް އެ މައްސަލައިގައި އަނިޔާ ލިބުނު އާއިލާތަކާ ބައްދަލުކުރައްވައި، މައްސަލަ އަނބުރާ ގެންދަން ޖެހުނު ސާފުކޮށްދޭން ޕީޖީ ޝަމީމް ވަރަށް އަވަހަށް އެ ހާދިސާ ހިނގި ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top