އަތޮޅުކައުންސިލްގެ ބަށިމުބާރާތުގެ ފުރަތަމަދުވަހު ދެ މެޗް

DSC_0151.jpg

މިއަދު ކުޅުނު އޭދަފުށި-މާޅޮސް މެޗް. ފޮޓޯ : ސައިނޯސާރާއި

ބ.އަތޮޅުކައުންސިލްގެ މިއަހަރުގެ ބަށިމުބާރާތް މިއަދުހަވީރު އޭދަފުށީ ދެކުނުފަރާތު ހިއްކިބިމުގައި ފަށައިފިއެވެ.

ބަށިކޯޓްގެ ވަށައިގެންއޮތް ސަރާސަރު މައިދާނުގައިތިއްބެވި އޭދަފުށީ އަންހެން ކަނބަލުންގެ އިތުރަށް މުބާރާތުގައި ބައިވެރިވި ރަށްރަށުގެ ގިނަ އަންހެން ކަނބަލުންތަކެއްގެ ބޮޑު ކްރައުޑެއްގެ ހާޒިރުގައި މި މުބާރާތް ފައްޓަވައިދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރކަމުގައިވާ ދިރާގުގެ ފަރާތުން ދިރާގު އޭދަފުށި އޮޕަރޭޝަންސްގެ މެނޭޖަރ އަބްދުﷲ ސާދިގެވެ.

މުބާރާތްފެށުމުގެ ގޮތުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެފަރާތުން މުނިފޫހި ފިލުވުމުގެ އައިޓަމެއް ހުށަހަޅައި ދިނުން އޮތެވެ.

މުބާރާތް ހުޅުވި މެޗްގައި ބައްދަލު ކުރީ ފުޅަދޫއާއި ހިތާދޫއެވެ. މިމެޗް 16-12 އިން ކާމިޔާބު ކުރީ ފުޅަދޫއެވެ.

ދެވަނަ މެޗްގައި ބައްދަލުކުރީ އޭދަފުށްޓާއި މާޅޮހެވެ. ތަފާތުބޮޑުކޮށް އޭދަފުށި މެޗްކާމިޔާބުކުރީ 37ލަނޑު 11 ފޯލިންނެވެ. މާޅޮހަށް ދެވުނީ27 ލަނޑު 8 ފޯއްޔެވެ.

މާދަމާ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ތުޅާދޫއާއި ފުޅަދޫއެވެ. ދެވަނަ މެޗްގައި ގަދަފަދަ ގޮއިދޫ ބަލިކުރުމުގެ އަޒުމްގައި ނުކުންނަނީ މާޅޮހެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000ރ. އަދި ރަނަރއަޕް ޓީމަށް 15000ރ. ކަނޑައަޅާފައިވާ މި މުބާރާތުގެ ފައިނަލްމެޗްއޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top