ސޮނޭވާގެ އާއުފެއްދުން: ބޯޓްވިލާ

ސޮނޭވާއިން ރައާރަފްކުރާ ބޯޓްވިލާ

ސޮނޭވާއިން ތައާރަފްކުރާ ބޯޓްވިލާ

ދުނިޔޭގެ މުއްސަނދި ފަތުރުވެރިންނަށް ޚިދުމަތަ ދިނުމުގައި މަޝްހޫރު ސޮނޭވާގްރޫޕުން އަނެއްކާވެސް އާ ޚިދުމަތެއް ދިނުމަށް ނިންމައިފިއެވެ.ސޮނޭވާގްރޫޕްގެ ވެބްސައިޓްގައިވާ ގޮތުން ކަނޑުމަތީގައި ދުއްވާގޮތަށް ފަރުމާކޮށްފައިވާ “ބޯޓްވިލާ “ގެ ޚިދުމަތް އެގްރޫޕުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ހުރިހާ ރިސޯޓެއްގައި ދޭން ނިންމާފައިވާއިރު އެންމެ ފުރަތަމަ މި ޚިދުމަތް ދޭން ނިންމާފައިވަނީ ރާއްޖޭގައި ހިންގާ ސޮނޭވާފުށީގައެވެ.

“ބޯޓްވިލާ” ގައި ރިސޯޓެކޭ އެއްގޮތަށް ފެންވަރު ރަނގަޅު ކޮޓަރިތައް ހުންނައިރު އެ އުޅަނދު ތަކުގައި ކްރޫއިންނާއި ސްޕާ ތެރަޕިސްޓުންގެ އިތުރަށް ތަފާތުވައްތަރުގެ ކެއުންތައް ތައްޔާރުކުރާ ޝެފުންވެސް ތިބޭނެއެވެ.
“ބޯޓްވިލާ”ގައި ހަތަރު ޓޫރިސްޓުންނަށް އެއްފަހަރާ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އޮންނައިރު ރިސޯޓްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެކަމުގައި ވެބްސައިޓްގައި ބުނެފައި ވެއެވެ.
19.25

މީޓަރު ދިގު އަދި 6.40 މީޓަރު ފުޅާ “ބޯޓްވިލާ” ތަކުގައި ޚިދުމަތް ދިނުމަށް ހަ ކްރޫއިން ހަރަކާތްތެރިވާ އިރު ކޮޓަރިއެއްގެ އަގު އުޅެނީ ރެއަކަށް 5000 ޑޮލަރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top