ހަރާން ތަކެތި ހުއްދަކުރަން ގޮވާލާ ފާސިގުންނާމެދު ވިސްނަން ޖެހޭ – އަލީ ރަމީޒް

image_3N3eBpaygzuI7ow.jpg

އަލީ ރަމީޒް

މާތް ﷲ ހަރާމް ކުރެއްވި ތަކެތި ހުއްދަކުރަން ގޮވާލާ ފާސިގުންނާމެދު ވިސްނަން ޖެހޭ ކަމަށް ލަވަކިޔުން ހުއްޓާލުމަށް ފަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒް ވިދާޅުވެއްޖެ އެވެ.

އަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތްﷲ ހަރާމް ކުރައްވާފައިވާ ތަކެތި ހުއްދަކުރަން ގޮވާލާ ފާސިގުންނާއި މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އެފަދަ މީހުންނަށް ވޯޓް ދިނުމާއި އެފަރާތްތަކަށް ތާއިދުކުރުމަކީ އެމީހުންގެ ނުބައިކަމުގައި ބައިވެރިވެ އެކަމަށް ހިތްވަރު ދިނުން ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

އަލީ ރަމީޒު މިހެން ގޮވާލާފައި މިވަަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރަކު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ދެކޮޅަށް ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ ޢިލްމްވެރިން ވެސް މީސް މީޑިއާގައިއަޑުއުފުލާފައި ވެއެވެ.

ރައްޔިތުން މަޖިލީހުގައި ކުރިއަށް ދިޔަ ޓޫރިޒަމް ގާނޫނުގެ އިސްލާހުގެ ބިލަށް ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރަކު ވިދާޅުވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރާއިރު އެތަންތަނަށް ދާ ފަތުރުވެރިންނަށް ރަށުގެ ފަޅުތެރޭގައި ނަމަވެސް ބަނގުރާ ލިބޭނެ ގޮތެއް ހަދަން ޖެހޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top