މިފްކޯ އިން މަސް ގަންނަ މިންވަރު އަނެއްކާވެސް މަދުކޮށްފި

ޕޕޕޕ.jpg

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްކިރާ މިންވަރު ދޫކޮށްލުމަށްފަހު އަނެއްކާވެސް މަސް ގަންނަ މިންވަރު މަދުކޮށް، ކޮންމެ ދުވަހަކު ދޯންޏަކުން ހަތް ޓަނު މަސް ކިރާ ގޮތަށް ނިންމައިފި އެވެ.

ދެކުނުގެ މަސްވެރިކަން ތިޔާގިވުމާއެކު، އެ ކުންފުނިން ވަނީ މި ހިނގާ އޭޕްރިލް މަހުގެ ހަވަނަ ދުވަހުން ފެށިގެން ކޮންމެ ދޯންޔަކުން ފަސް ޓަނުގެ މަސް ކިރަން ނިންމައި ލިމިޓުކޮށްފަ އެވެ.

އެއާކު މިފްކޯގެ ކޫއްޑުއަށް މަސް ކިރަން ގޮސް އޮތް ދޯނިފަހަރުގެ ގިނަ މަސްވެރިންތަކެއް ވަނީ އިހްތިޖާޖު ކޮށް އެރަށުގެ އޮޕަރޭޝަންތައް ވެސް ހުއްޓުމަކަށް ގެނެސްފަ އެވެ.

އެފަހުން މަސްކިރުވުން ލިމިޓްކުރުމުން މަސްވެރިންނަށް ބައެއް ދަތިތައް ދިމާވުމާއި އައިސް އަޅާފައި ހުރި މަސް ހަލާކުވާނެތީ އަވަސްކުރުމުގެ ގޮތުން މިފްކޯއިން ވާނީ އޭރު ކަނޑައެޅި ލިމިޓް ދޫކޮށްލާ ހުރިހާ ދޯންޏަކުން މަސްކިރަން ނިންމާފަ އެވެ. މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ކިއުގައި އޮތް ހުރިހާ ދޯނިތަކެއް މަސް މިއަދު ގެ ނިޔަލަށް މިފްކޯއިން ވަނީ ކިރާ ނިންމާފަ އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސްކިރުވުން މިވަގުތަށް ކޮންޓްރޯލްކުރަން ޖެހުނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައި ވުމުން ހުރިހާ ދޯންޏަކުން ބާނާ މަހުގެ އަދަދު އެއްވަރަށް ހިފެހެއްޓިފައިވާ ކަމަށެވެ. އެހެންކަމުން މަސް ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށް މިވަގުތަށް މަސްކިރުވާ މިންވަރު ވަކިވަރެއްގައި ހިފައްޓަން ޖެހޭކަމަށެވެ.

މިހާރުވެސް ކެޕޭސިޓީއަށް ވުރެ އިތުރަށް މަސްކިރުވާކަމަށާއި އެހެންނަމަވެސް ކެޕޭސިޓީއާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިޔުމަށް މިވަގުތު ދޯންޏަކުން ކިރާނީ 7 ޓަނު މަސްކަމަށްވެސް މިފްކޯއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top