ގައުމީ ބެޑްމިންޓަން މުބާރާތުގައި މިއަހަރުވެސް އޭދަފުށި ވާދަކުރަނީ

46513361_562069757572382_2091161950846189568_n.jpg

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވަމުން އަންނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި މި އަހަރުވެސް މުބާރާތުގެ އަތޮޅު ލީގުގެ އިތުރުން ދެވަނަ ޑިވިޝަންގައި ވެސް އޭދަފުށި ވާދަކުރާނެ ކަމަށް “ކްލަބް އޭދަފުށި “އިން ބުނެފިއެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމް ގޮވައިގެން މިއަހަރު މެނޭޖަރެއްގެ ގޮތުގައި ނުކުންނަނީ ރާއްޖޭގެ ފުޓްބޯޅަ އަށާއި އޭދަފުށީގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް މިހާރުވެސް ކުރައްވަމުން އަންނަ ސަލްސާ އިންވެސްމަންޓް ގެ ސީއީއޯ އިބްރާހީމް އާމިރުއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 5:30 ގައި އޭދަފުށި ޓީމު ނުކުންނާނީ ދެވަނަ ޑިވިޝަންގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކްލަބް ސްޓެޓިކު އާ ދެކޮޅަށެވެ. އަތޮޅު ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ 20:15 ގައި ބައްދަލުކުރާނީ އަލް ހަދީދު އާ އެވެ.

މި މުބާރާތުގައި މިއަހަރު އޭދަފުށީ ބެޑްމިންޓަން ޓީމު ވާދަކުރާނީ ކްލަބް އޭދަފުށީ ނަމުގަ އެވެ.

މުބާރާތް ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓްގައެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނީ އަމާޒަކީ މިއަހަރުވެސް ތަށި ރަށަށް ގެނައުން ކަމުގައެވެ.

އެހެން ނުވާންވީ ސަބަބެއްނެތެވެ. އެ ޓީމުންވަނީ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ޖެހިޖެހިގެން ތިން އަހަރު މުބާރާތް ކާމިޔާބުކޮށް ތަށި މިލްކް ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top