ދެމެޗުންވެސް ބޮޑު ތަފާތަކުން އޭދަފުށި މޮޅުވެއްޖެ

viber-image-1.jpg

އޭދަފުށި ޓީމް ޜޭ ކުޅުނު މޗެއްގެ ތެރެއިން -ފޮޓޯ :އިކްރާމް

ގައުމީ ބެޑްމިންޓަން މުބާރާތުގައި އޭދަފުށި ކުޅުނު ދެ މެޗުންވެސް ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ. އިއްޔެ ހަވީރު 5:30ގައި އޭދަފުށީ ޓީމް ސެކަންޑް ޑިވިޜަންގެ ބައިން ވާދަކޮށްފައިވަނީ މިދިޔަ ދެ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ކްލަބް ސްޓެޓިކް އާއެވެ. މި މެޗް ފަސޭހަހަކަމާއެކު އޭދަފުށި ކާމިޔާބު ކޮށްފައިވަނީ 0-5 އިންނެވެ.

މި މެޗުގެ އިތުރުން އަތޮޅު ލީގުގައި ރޭ އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި އަލް ހަދީދު އާ ބައްދަލުކޮށް އޭދަފުށި ވަނީ 5-0 އިން އަލްހަގީގު ބަލި ކޮށްފައެވެ.

މި މުބާރާތުގައި މިރޭ ވެސް ދެމެޗު ކުޅޭނެއެވެ. އަތޮޅު ލީގުގައި އޭދަފުށި ކުޅޭ ދެވަނަ މެޗުގައި މިރޭ 8 ޖަހާއިރު ވާދަކުރާނީ ނިއުސްޓާ އާއެވެ. ސެކަންދް ޑިވިޜަންގގެ ބައިން ކުޅޭ މެޗަށް މިރޭ އޭދަފުށި ނުުކުންނާނީ ގޯޅިސްޕޯޓްސް އާދެކޮޅަށެވެ. މިމެޗު އޮންނާނީ 10 ޖަހާއިރުއެވެ.

މުބާރާތް ކުރިއަށް ދަނީ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top