މިއަހަރުގެ މެއި މަހުންފެށިގެން ތައުލިމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިރުންގެ މަޖިލިސް ހުޅުވުމަށް މިއަދު އޮތް ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ ގްރެޖްއޭޓް ފެންވަރުގެ ސެކަންޑްރީ ޓީޗަރެއްގެ މުސާރަ 12628 ރުފިޔާއިން 19،640 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމުގައެވެ. މިއީ 56 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި މިއަދަދު ކަލްކިއުލޭޓް ކޮށްފައިވަނީ އިތުރުގަޑިއާ ނުލައި ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމު ބިނާ ކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށެވެ. އެހެންކަމުން އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ތައުލީމީ ދާއިރާއަށް ކުރިއެރުން ގެނައުމަށްޓަަކައި ސަރުކާރުން މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އޭގެ އެންމެ ބޮޑު ބަޔަކީ އެ ދާއިރާއަަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރި މަސައްކަތްތަކެވެ.
އެގޮތުން ނިމިދިޔަ އަހަރު 4،082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން އަދި 20 ޕްރިންސިޕަލަކަށް މާސްޓަސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދާދިނުމުގެ އިތުރުން މިކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
.