ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އިނާޔަތް ބޮޑުކުރަނީ

325719_3_b7a7688141b41e062297c8ad5537d8b021cf5b2f_large.jpeg

ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް މިއަހަރުގެ ފަހުކޮޅު ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސް އިބަރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައި މިއަދު އެ މަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޖުމްލަ އަދަދާއި ތަފްސީލު އެނގޭ ގައުމީ ދަފުތަރެއް މިއަދާހަމައަށް ނެތް ކަމަށާއި މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އިނާޔަތް ބޮޑުކުރަން ނިންމާފައި ވަނީ މި ދަފުތަރު އެކުލަވާލައި ނިމުމުންނެވެ.

“އެ ދަފުތަރަކީ އެ މީހުންނަށް ބޭނުންވާ ފަރުވާ އާއި ރީހެބިލިޓޭޝަން އަދި ތެރަޕީ އާއި އެހެނިހެން ހިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަސީލަތް ކަމުގައި ވާނެ. މި ދަފުތަރު ނިންމައި މި އަހަރުގެ ފަހު ކުއާޓާގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން،” ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން މިހާރު ދެނީ 2،000 ރުފިޔާގެ މަހު އިނާޔަތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top