އަންނަ ހަފްތާގައި ޓެބްލެޓް ބޭނުންކުރަން ފަށާނެ

34608444_2386175084742361_4186093306725269504_n-800x388-800x388.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރުން -އީވީ ފައިލް ފޮޓޯ

އަންނަ ހަފުތާގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުﷲ ނަޒީރު މިއަދު ވިދާޅުވކަމަށް ބައެއް ނޫސްތަކުން މިއަދު މި ޚަބަރު ގެނެސްދެމުން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ބަހާ ނިންމާފައިވާ ކަމަށާއި އަންނަ ހަފްތާ އިން ފެށިގެން ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށެވެ.

މި ޚަބަރާ ގުޅިގެން އީވީގެ ފަރާތުން ބ.އަތޮޅު ތައުލީމީ މަރުކަޒާ ގުޅާލުމުން އެ ސްކޫލްގެ އެދްމިނިސްޓްރޭޓަރ އަލީ އިމާދު ވިދާޅުވީ އަދި އެސްކޫލަށް ދަރިވަރުންނަށް ބެހުމަށް ޓެބްލެޓް ތައް ލިބިފައި ނުވާ ކަމުގައެވެ.

އެހެން ނަމަވެސް ޑރ ނަޒީރު ވިދާޅުވި ކަމަށް “ވަގުތު ނޫސް ” ގައި ބުނެފައިވަނީ ރަށްރަށުގެ ހުރިހާ ސްކޫލަކަށް ވެސް މިހާރު ވަނީ ޓެބްލެޓް ފޯރިކޮށްދެވިފައި ކަމަށާ ވައިފައި ޓެސްޓުކޮށް ދެން ވެސް ފުރިހަމަ ކުރަން ހުރި ހުރިހާ ކަމެއް ފުރިހަމަ ކޮށް އަންނަ ހަފުތާގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުން ޓެބްލެޓް ބޭނުން ކުރާނެ ކަމުގައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް މިއަހރު މެދު އިމްތިހާނަށް ފަހު ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށް ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް މެދު އިމްތިހާނު ނިމިގެން މިއަދާ ހަމައަށް އައިއިރު އަދިވެސް ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭކަށް ނުފަށައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ވެސް ޓެބްލެޓަށް އަހުލުވެރި ކޮށްފައެވެ.

ރާއްޖޭގައި ސަރުކާރުން ހިންގާ 212 ސްކޫލް ހުރިއިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ވޭވޭ ބްރޭންޑްގެ 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖްގައި 16 ޖީބީ ހުރެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top