މަސްތުވާނެ ފައިސާ ނުލިބިގެން އައި ރުޅީގައި މަންމަގެ ކޮޓަރިއާއި ބަދިގެއަށް ގެއްލުންދިން މީހަކު ޖަލަށް

b_202504200309281745143768.2654.jpg

ވަންފޮޓޯ: ހަމްދާން އަހުމަދު

މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން އެކަމާ ރުޅިގަދަވެ، މަންމަ ދިރިއުޅޭ ގޭގެ ބަދިގެއާއި ކޮޓަރީގެ ދޮރަށް ގެއްލުންދިން މީހަކު ޖަލަށް ލައި، ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ށ. މާއުނގޫދޫ، އަސަރު، އާދަމް ހަންނާދުގެ މައްޗަށެވެ.

މި މައްސަލައަކީ، މިދިޔަ އޮގަސްޓް 16 ވަނަ ދުވަހުގެ ރޭގަނޑު މ. މާކަރަ ގޭގައި ހިނގި މި ހާދިސާގައި އާދަމް ހަންނާދު އެގޭގެ ބަދިގޭގައި ހުރި ބޮޑު ބާލިދީއެއްގެ މަތިގަނޑު ފަޅާލައި ކާން ގެންގުޅޭ ތަށިތަކެއް ތަޅާލައި އަދި އޭނާގެ މަންމަ ދިރިއުޅޭ ކޮޓަރީގެ ދޮރަށް ކަތުރަކުން ޖަހައި ގެއްލުންދިން މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގައި، އޭނާ ކުށަށް އިއުތިރާފުވެ ބުނެފައި ވަނީ އެކަން ކުރެވުނީ ބަލިވެގެން މަސްތުވާން ލާރި ނެތިގެން އައި “ސިނގު ރުޅިއެއްގައި” ކަމަށެވެ.

މި މައްސަލައިގާ އޭނާ ކުށަށް އިއުތިރާފުވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

މި މައްސަލައިގާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައިވަނީ، މުދަލަށް ގެއްލުންދިނުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ ބަންދުގައި ދުވަސްތަކެއް ހޭދަކޮށްފައިވުމުން ތަންފީޒުކުރަން ޖެހޭނީ 23 ދުވަހެވެ.

މީގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,238.39 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށްވެސް ހަންނާދުގެ މައްޗަށް އަންގައިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top