ރައީސް ޔާމީނާއި ގުޅޭގޮތުން ރައީސް ސޯލިހް ހެއްދެވީ އިތުރުފުޅެއް: ސައީދު

pVAjLo06p5IquVgw5SMTmzmqeyc4OwqW7VTWt1dv.jpeg

މާވަށު ދާއިރާގެ މެންބަރު ސައީދު

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިއްހީ އެއްވެސް އެހީތެރި ކަމަކަށް އެދިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެއްދެވީ ވަރަށް ބޮޑު އިތުރުފުޅެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައިތިބީ އެމީހުންގެ ސިއްހީ ހާލަތު ހުރިގޮތުން ޑޮކްޓަރުންގެ ފަރާތުން ލިބެންޖެހޭ ލިޔެކިޔުންތައް ލިބުމުން ކަމަށެވެ. އަދި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ރައީސް ޔާމީންގެ ފަރާތުން ލިބިފައި ނެތްކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީނާއި ގުޅޭގޮތުން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު އެރުވި ކަމަަށެވެ. އެހެންނަމަވެސް އެ ފުރުސަތުގެ ބޭނުން ރައީސް ޔާމީން ނުކުރެއްވީ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީން ފަރުވާއެއް ހޯދުމަށްޓަކައި އެދިފައިނުވާކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަތަކަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެވާހަކަތަކަކީ އިތުރުފުޅެއްކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ދޭ އަނިޔާގެ ފަހަތުގައި ތިބީ ރައީސް ސޯލިހާއި ސަރުކާރު ކޮންޓްރޯލް ކުރާ ބައިވެރިން ކަމަށާ ގާނޫނުގެ ފޮޅުވަތަކުން އަކުރުތައް ވަކިވެފައިވީ ނަމަވެސް ގާނޫނު އަސާސީ އަދި މުޅި ދައުލަތް ވަނީ “ހޮސްޓޭޖް ހާލާތެއް” ގައި ކަމަށެވެ. އަދި ރައީސް ޔާމީނަށް ސަރުކާރުން ގަސްތުގައި އަނިޔާ ދޭ ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާއިރު އަދީބާއި ޒިޔަތު ގޭގައި ތިއްބަވާތާ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އޮވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top