ހަންޓޭއާއެކު 5 މިނެޓް – “މިހިސާބަށް އާދެވުނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއެކު”

hante-the-pride-of-goidhoo.jpg

ހަންޓޭ. ކައިޓް ސާފިންގައި މިހާހިސާބަށް އައުމުގެ ފަހަތުގައި ވަރަށް ގިނަބަޔަކު އެބަތިބިކަމަށް ބުނި / ފޮޓޯ: ރެޑްބުލް

ބ. ގޮއިދޫގެ ކުޅަދާނަ ކައިޓް ސާފަރ ހަސަން މާހިރު (ހަންޓޭ) އަކީ މިހާރު މުޅި ރާއްޖެއަށް މަޝްހޫރު ނަމެކެވެ. އުމުރުން އެންމެ 14 އަހަރުގެ ހަންޓޭ ކައިޓްސާފަރއެއްގެ ގޮތުން މިހާހިސާބަށް އާދެވުނު ގޮތާއި، މިހާރު އޭނާގެ އިޙްސާސްތައް 5 މިނެޓްގެ މިއިންޓަވިއުއިން ވިދާޅުވެލައްވާށެވެ.

ސުވާލު: ކައިޓް ސާފް ކުރަންފެށުނީ ކޮން އިރަކު އަދި ކީއްވެ؟ 

ހަންޓޭ: އަޅުގަނޑަށް 13 އަހަރުގައި ގޮއިދޫ ކުދިންތަކެއް ކައިޓް ސާފް ކުރާތަން ފެނުނީ. ދެން އަޅުގަނޑުވެސް ބޭނުންވީ އެކަން ކުރެވޭތޯ ބަލަން. އެގޮތުން ފެށުނީ.

ސުވާލު: ފުރަތަމަ ތަޖުރިބާ ދިޔައީ ކިހިނެއް؟

ހަންޓޭ: ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވި. އެކަމަކު އެކަން ކާމިޔާބުވީ މިކަމަށް އަޅުގަނޑު ހުންނަ ޝައުގުވެރިކަން ބޮޑުވެގެން ކުރާހިތުން ކުރީމައޭ ބުނެވޭނީ

ސުވާލު: މުޅި ރާއްޖެއަށް ބަލާއިރުވެސް ތިޔައީ އެންމެ ހަގު ކައިޓް ސާފަރުކަން ނޭގެ . އެންމެބޮޑަށް މިކަން ދަސްކޮށްދޭން މަސައްކަތް ކުރީ ކޮން ބައެއް؟ 

ޖަވާބު: ހަސަން ނިޒާމް (ކާއްޑޭ) އަދި މުހައްމަދު ޝުޖާއު (ކޮޗޭ) އަކީ އަސްލު މިކަން ދަސްކޮށްދިން ދެމީހުންނަކީ. އެމީހުން ކައިޓް ދުއްވަން ދަސްކޮށްދިނީމަ އެނގުނީ

ހަންޓޭ މިހިސާބަށް އައުމުގައި އިސްދައުރެއް އަދާކުރި ކޮޗޭ (ކަނާތްފަރާތުން ދެވަނަ) އަދި ކާއްޑޭ (ވާތްފަރާތުގައި( ހަންޓޭއާއެކު ލަންކާގެ ކޮލްޕިޓިއާގައި / ފޮޓޯ: ރެޑްބުލް

ސުވާލު: ހަންޓޭގެ އެންމެ ފޭވަރިޓް ކައިޓް ސާފިންގް އެތުލީޓަކީ ކާކު؟

ހަންޓޭ: ރުބެން ލެންޓެން އަކީ އެންމެ ފޭވަރިޓް އިންޓަނޭޝަނަލީ. ރާއްޖޭގައި ނަމަ ކޮޗޭ (މުހައްމަދު ޝުޖާއު). އޭނައާއެކު މަސައްކަތް ކުރަމުން މިދަނީ އިތުރު ހުނަރުތައް ދަސްކުރުމަށް.

ސުވާލު: އެންމެ ފުރަތަމަ ފަށައިގެން ކިހިނެއް މިހާހިސާބަށް މިއާދެވުނީ؟

ހަންޓޭ: އެންމެ ފުރަތަމަ އާދައިގެ ގޮތަކަށް ދުއްވަން ދަސްކުރީ. އެކަމަކު ޕްރެކްޓިސްގައި ވަރަށް ބޮޑަށް މަސައްކަތް ކުރަން. އެދުވަހަކު ދަސްކުރަން ބޭނުންވާ ޓްރިކެއް ދަސްވަންދެން ހަމަ ހަދަނީ. ދުލެއް ނުކުރަން ނުހެދެނީހެއް. އެވަރިހަމަ އެއްދުވަސް އެއްކޮށް ދިޔަސް.

ސުވާލު: ރެޑްބުލް ލޯކަލް ހީރޯ ޓުއާގައި ރުބެން ލެންޓެންއާ ބައްދަލުވީމާ ކީކޭ ހިތަށްއެރީ؟

ވަރަށް އުފާވި. އެންމެ ފޭވަރިޓް އެތުލީޓާ ބައްދަލުވުމަކީ ކޮންމެދުވަހަކު ލިބޭނޭ ފުރުސަތެއް ނޫނެއްނު. ދެން ވަރަށް އުފާވި އަޅުގަނޑު ވަރަށް މޮޅޭ ބުނީމަވެސް

ސުވާލު: އާއިލާ މީހުންނާ، ރައްޓެހިން އަދި ސްކޫލްގެ އެކުވެރިން  ހަންޓޭގެ މަޝްހޫރުކަމާ މެދު ދެކެނީ ކިހިނެއް؟

ހަންޓޭ: އަޅުގަނޑަށް ވަރަށް ބޮޑަށް އާއިލާގެ އެހީތެރިކަން ލިބޭ މިކަމުގައި. އަދި ހާއްސަކޮށް މަންމައާއި، ބައްޕަ ވަރަށް ހިތްވަރުދޭ ކައިޓް ސާފިންގައި ކުރިޔަށް ދާން. އަދި ރައްޓެހިންވެސް ވަރަށް ހިތްވަރުދޭ. ސްކޫލްވެސް، ހާއްސަކޮށް ޕްރިންސިޕަލް ވަރަށް ބޮޑަށް މިކަމަށް އެހީތެރިވޭ. ވަރަށްބޮޑު ތާއީދެއް މުޅިރަށުގަވެސް އޮވޭ.

ހަންޓޭ ލަންކާގެ ކޮލްޕިޓިއާ ބީޗްގައި ކައިޓް ސާފް ކުރަނީ / ފޮޓޯ: ރެޑްބުލް

ސުވާލު: ކުރިޔަށް އޮތް ފަސްއަހަރުގެ ތެރޭގައި ކައިޓް ސާފިންގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޮބާ؟

ހަންޓޭ: މިއީ ހޮބީއަކަށް ވުރެ ބޮޑަށް ޝައުގުވެރިވެގެން ކުރާ ކަމެއް. އަޅުގަނޑު މަސައްކަތް ކުރާނީ މިދާއިރާއިން ވީހާވެސް މޮޅު މީހަކަށް  ވުމަށް. އުއްމީދުކުރަން އަޅުގަނޑު މިދާއިރާގައި ޕްރޮފެޝަނަލް މީހަކަށް ވާނެކަމަށް.

ސުވާލު: ރާއްޖޭގައި ކައިޓް ސާފިންގެ ދާއިރާއިން ދެކެން ބޭނުންވާ ދުވަހަކީ؟

ހަންޓޭ: ގިނަބަޔަކު މިކުޅިވަރުގައި ކުރިޔަށްދާތަން ދެކެން ބޭނުން. އަދި ކައިޓް ސާފިންގް މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަކީވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއް. އަޅުގަނޑަށް ހީވަނީ މުބާރާތްތައް ވަރަށް މުހިއްމުހެން އެތުލީޓުން ހުނަރު ތަރައްޤީވުމަށް

ނޯޓް: މިއީ ރެޑްބުލް ޑޮޓް ކޮމްއަށް މިދިޔަ މަހު ހަންޓޭ ދިން އިންޓަވިއުގެ ބައިތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top