އަލީ ވަހީދު އިސްތިއުފާ ދިނުމަށް، ރައީސް އަންގަވައިފި.

220517_3_18101def5d3d5d26620d776a931528aefebc9898_medium.jpg

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދިނުމަށް ރައީސް ސޯލިހް އަންގަވައިފިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު، މީގެ އިރުކޮޅެއްގެ ކުރިން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުން ތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައި ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިނިސްޓަރު ނަހުލާ ވަނީ ރައީސް ސޯލިހަށް ހުށަހަޅުއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top