ވޯޓާސް ލިސްޓް އާއްމުކުރުން މިމަހު 20ގައި

9d7ad58174c6ea937d1438c3de12194b.jpeg

ފޮޓޯ :ޕީއެސްއެމް

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިމަހުގެ 20 ވަނަ ދުވަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިމަހުގެ 20 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ. އެއާއެކު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަސް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލާ ފުރުސަތުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ސަމާލުވުމަށް އަކްރަމް އިލްތިމާސް ކުރައްވާ ކަމުގައެވެ.

ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.  އެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top