ދިރާގުން ”އީ-ސިމް” ތައާރަފްކޮށްފި

img_md_202001130507491578917269.9625.jpeg

ރާއްޖޭގައި މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ އެންމެ ދުވަސްވީ ކުންފުނި، ދިރާގުން “އީ-ސިމް” ތައާރަފްކޮށްފިއެވެ.

ދިރާގުން އެ ހިދުމަތް ތައާރަފުކޮށްފައި ވަނީ މިއަދުއެވެ. 

ދިރާގުން އަލަށް ތައާރަފްކުރި އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު އީ-ސިމް އެކްޓިވޭޓް ކުރެއްވުމަށް ފަސޭހަކަމާއެކު ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

އީ-ސިމްގެ ހިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައި ކަމަށާއި، އެގޮތުން އީސިމް ސްޕޯރޓްކުރާ އެއްމެ މަގްބޫލު ސަމާޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯޓް ކުރާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

އީ-ސިމް ބޭނުންކުރެވޭނެ ފޯނުތައް:

އެޕަލް

  • އައިފޯން އެކްސް އެސް
  • އައިފޯން އެކްސް އެސް މެކްސް
  • އައިފޯން އެކްސް އާރް
  • އައިފޯން 11
  • އައިފޯން 11 ޕްރޯ
  • އައިފޯން 11 ޕްރޯ މެކްސް

އެންޑްރޮއިޑް

  • ގޫގުލް ޕިކްސެލް 3 ކުން ފެށިގެން ފަހުގެ ފޯނުތައް

އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯރޓްކުރާ ފޯނުތަކުގައި، އާދައިގެ ސިމް އަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެއެވެ. އެހެންކަމުން، އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެއްވުން ފަދަ ލުއިފަސޭހަތައް މި ޙިދުމަތުގެ ސަބަބުން ލިބިގެންދާނެއެވެ. އެގޮތުން، އީ-ސިމްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެއެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ހިދުމަތަކަށް ވެގެން ދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top