ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފި

big_BsE8zWtP2GArImLRClPq8M9V2.jpg

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ މީހުންނަށް އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ފޯމު ހުށައެޅުމަށް ދީފައިވާ މުއްދަތު އިތުރު ކުރިއިރު ޕީޕީއެމުން ފުރަތަމަ ކުރި އިއުލާނުގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ މި ހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 22:00 ކަމަށެވެ. ނަމަވެސް ފަހުން ޕީޕީއެމް އިން ވަނީ އެ މުއްދަތު މިއަދު ހަވީރު 16:00 އަށް އިތުރު އިތުރުކޮށްފައެވެ.

ޕީޕީއެމްގެ ރަސްމީ ޓުވިޓަރ އެކައުންޓުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ މުހުލަތު މިމަހުގެ 24ވަނަ ދުވަހުގެ 16.00 އަށް އިތުރު ކޮށްފައިވާ ކަމުގައެވެ.

މުއްދަތު އިތުރު ކުރުމުން ޕްރައިމަރީ ބާއްވާނެ ތާރީޚްވެސް ބަދަލުވާނެތީވެ ފަހުން އެތާރީޚު އިއުލާން ކުރާނެކަމަށް އެޕާޓީން ބުނެއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕާޓީގެ މައި އޮފީސް ހ.ހުރަފައަށް ނުވަތަ [email protected] އަށް މެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމަށް އެދެއެވެ. އަދި އެޕާޓީގެ ޓިކެޓުގައި ކައުންސިލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ހ. ހުރަފައިންނާއި، އެޕާޓީގެ ސޯޝަލް މީޑިއާ (ފޭސްބުކް/ޓްވިޓަރ) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top