ދިރާސީ އާއަހަރު މާދަމާ ފަށަނީ

ލލލލ.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު ---އީވީ ފޮޓޯ

ސްކޫލްތަކުގެ އަހަރީ ބޮޑުޗުއްޓީއަށް ފަހު މާދަމާ ރާއްޖޭގެ އާ ދިރާސީ އަހަރު ފަށަން ތައްޔާރުވެއްޖެ އެވެ.

2024-2025 ގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

96،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މާދަމާ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އޭގެ ތެރޭގައި ހިމެނެނީ 40،300 އެއްހާ އަންހެން ދަރިވަރުންނާ 42،700 އެއްހާ ފިރިހެން ދަރިވަރުންނެވެ.

މިނިސްޓްރީން ވިދާޅުވިގޮތުގައި ދިރާސީ އާއަހަރު ސަރުކާރު ސްކޫލުތަކުގައި 12،662 މުދައްރިސުން މަސައްކަތް ކުރާނެ އެވެ. އެއީ 10،729 ދިވެހި މުދައްރިސުންނާއި 1،933 ބިދޭސީ މުދައްރިސުންނެވެ. އަދި ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށާއި އޭގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މާދަމާ ދިރާސީ އަހަރު ފަށާއިރު، މި ދުވަސްވަރު ވަރަށް ބޮޑަށް މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވިއްސާރަވެފައިވާތީ އެޑިއުކޭޝަނުން ވަނީ ހަފުތާގެ ފުރަތަމަ ތިން ދުވަހުގެ ދަންފަޅީގެ ކިޔެވުން ތިން ގަޑިއިރަށް ވުރެ އިތުރު ނުވާ ގޮތަށް ކުރިއަށް ގެންދަން އަންގައިފަ އެވެ.

2022-2023 ގެ ދިރާސީ އަހަރު ނިންމާލައި ދަރިވަރުން ބޮޑު ޗުއްޓީ އަށް ދިޔައީ މިދިޔަ މަހުގެ 30 ގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top