ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ފި.jpg

ބޮޑުޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށައިފިއެވެ.

އެގޮތުން ބ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް މިއަދުވަނީ 723 ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ ބައެއް ފޮތް ނުލިބި ވާކަން ފާހަގަ ކުރައްވަމުން ސްކޫލްުން ބުނީ އެފޮތްތައްވެސް މިއަދު ލިބި ދަރިވަރުންނާ ހަވާލު ކުރެވޭނެ ކަމަށެވެ.

ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ މުޅި ރާއްޖެއަށް ވެސް ކުރަމުން އަންނައިރު، އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ކުރިން ކިޔަވައިދޭ ވަރަށް ވުރެ ވަގުތު ކުރުކޮށްލައިގެންނެވެ. އެގޮތުން، ކުރިއަށް އޮތް ތިން ދުވަހު ގިނަވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށް ވަނީ ނިންމައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 އެއްހާ ދަރިވަރުން ކިޔަވާނެ އެވެ.

އެ ގޮތުން ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން އަދި ޕްރައިވެޓް ސްކޫލުތަކުގައި 13،000 އެއްހާ ދަރިވަރުން ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އަހަރު ފެށިއިރު ގިނަ ސްކޫލުތަކުގައި ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. އެގޮތުން، ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު 55 ސްކޫލެއްގައި ކިޔަވައިދޭނީ ދެ ދަންފަޅިއަށެވެ. އަދި، ހަ ސްކޫލެއްގައި ސެޓަލައިޓްކޮށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ބ.ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top