އޭދަފުށިން ގޯތި ދޫކުރަން އަނެއްކާވެސް އިއުލާނު ކޮށްފި

DSCN3530-800x490-800x490-800x490-800x490-800x490-800x490-800x490-800x490.jpg

އޭދަފުށީ ހިއްކި ބިމުން ބައެއް--އީވީ ފައިލް ފޮޓޯ

ދިރިއުޅުމަށްޓަކައި، އޭދަފުށީ ހިއްކި ބިމުން 158 ގޯތި ދޫކުރަން އޭދަފުށީ ކައުންސިލުން އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ގޯތިތައް ދޫކުރުމަށް އިއުލާނު ކުރުމަށްފަހު، އިދާރީ މައްސަލަތަކަކާ ހުރެ އިއުލާނު ބާތިލުކުރުމަށްފަހު އަލުން އަނެއްކާވެސް އިއުލާނު ކުރި މިއީ ދެވަނަ ފަހަރެވެ.

ހައުސިންގ މިނިސްޓްރީ އާއެކު އިދާރީ ގޮތުން ދިމާވި މައްސަލަތައް ހައްލު ކޮށް ގޯއްޗަށް އެދޭ ފަަރާތްތަކަށް އޭދަފުށީ ކައުންސިލުން އަލުން ފުރުސަތު ހުޅުވާލީ މިއަދު އެވެ،

އޭދަފުށީ ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު ކައުންސިލުގެ އިދާރާއިންނާއި އެކައުންސިލުގެ ވެބްސައިޓް(eydhafushi.gov.mv) އިން މާދަމާއިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ އަދި ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 13ފެބްރުއަރީ 2020ގެ ކުރިން ފޯމުގެ އަސްލު، ކައުންސިލު އިދާރާއަށް ހުށައެޅުއްވުމަށް އިއުލާނުގައި ވެއެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލް އަބްދުއްރަހުމާނުް ވިދާޅުވީ މިފަހަރު އިއުލާނު ކޮށްފައި އެވަނީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ހައުސިންގ މިނިސްޓްރީއާއެކު ފުރިހަމަ ކުރުމަށްފަހު ވިލަރެސް ކޮމިޓީގެ ލަފައާއެކު ކަމަށެވެ. އޭނާ ވިދާޅުވީ ފޯމު ހުށައެޅުމުގައި ފަހުވަގުތަށް މަޑުނުކޮށް ހުރިހާ ރައްޔިތުންވެސް ވީހާ އަވަހަކަށް ފޯމު ލެއްވުމަށް އެދިލައްވާ ކަމަށެވެ.

“އިދާރީ ގޮތުން ގިނަ ކަންތައްތަކެއް ފުރިހަމަކޮށް ފޯމާއެކު ހުށައަޅުއްވަން ޖެހޭނެ. ދުރާލައި އެކަމާ ނޫޅެވިއްޖެނަމަ ވަގުތު ހަމަވާއިރު ބައެއް ލިޔެކިއުންތައް ހަމަކުރުމަކީ ދަތިކަމަކަށް ވެދާނެ. އެހެންވީމާ މާދަމާއިން ފެށިގެން، ވީ އެންމެ އަވަހަކަށް ފޯމު ފުރުއްވައި ރަށު ކައުންސިލަށް ހުށައަޅުއްވާށޭ ދަންނަވަން ބޭނުންވަނީ.”

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅު ހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 51 ހެކްޓަރަށް ބޮޑު ކުރީ 2014ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އޭގެ ފަހުން ގޯތި ދޫކުރާ މިއީ ފުރަތަމަ ފަހަރެވެ.

އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ،

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު