ދިރާސީ އާއަހަރު ،ޖަނަވަރީގައި ފަށާ ގޮތަށް ބަދަލުކުރަނީ

ލލލލ.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު ---އީވީ ފޮޓޯ

އަންނަ 2025ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ދިރާސީ އާއަަހަރު ޖަނަވަރީގައި ފަށާ ގޮތަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ިބިފައިވާ ގޮތުގައި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޝަފީއު ވަނީ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު އަނެއްކާ ވެސް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ، އެ ހުރިހާ ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް މިނިސްޓަރު އަޑުއެއްސެވި އެވެ.

ރާއްޖޭގައި ފުރަތަމަ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ އެވެ. އެކަމަކު، ކޮވިޑުގެ ހާލަތާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.

ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ.

 “މިހާރު” އަށް ވިދާޅުވީ އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފެށުމަކީ ގޮންޖެހުންތައް ބޮޑުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. ފައިނޭންޝަލް އަހަރުގެ ފަހުކޮޅު ސްކޫލުތައް ހުޅުވުމުގެ ސަބަބުން އެ ތަންތަނަށް ބޭނުންވާ މަރާމާތު ވެސް ނުކުރެވުމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

“މިނިސްޓަރު އަމިއްލައަށް ވިދާޅުވީ ވެސް ދިރާސީ އާ އަހަރު ޖެނުއަރީ އަށް ބަދަލުކުރައްވާނެ ކަމަށް. މަސައްކަތް ކުރައްވާނަމެކޭ ނޫން، [އެކަން] ކުރައްވާނެ ކަމަށް ހަމަ ވިދާޅުވީ،” އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އެހެން ޕްރިންސިޕަލަކު ވިދާޅުވީ ކުރީގައި ވެސް އޮތް ގޮތަށް، ޖެނުއަރީ މަހަށް ދިރާސީ އާ އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން، އެ ތަނުގައި ގިނަ ޕްރިންސިޕަލުން އަތްތިލަ ބަޑި ޖެއްސެވި ކަމަށެވެ.

“އަޅުގަނޑުމެން ވަރަށް ބޭނުންވެފައި ތިބި ކަމެއް އެއީ،” އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އިސްމާއިލް ވަނީ، އަލުން އެ ބަދަލުތައް ގެންނާނީ ދިރާސާ ކުރުމަށްފަހުގައި ކަމަށް ވިދާޅުވެފަ އެވެ.

ސްކޫލުތައް ފަށާ ދުވަސްވަރު ޖަނަވަރީމަހަށް ބަދަލުކުރުމަކީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top