މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ 5 މެންބަރުންގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް

majghg.jpg

މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުންގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހިމެނޭ ގޮތަށް 5 މެންބަރުން އަލުން ކަނޑައަޅުއްވާ އިއުލާންކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ނަންތައް ކަނޑައަޅާފައިވަނީ ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެންބަރުން ކަމަށެވެ.

އަސްލަމް ވިދާޅުވީ ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ތަރުތީބު ކަނޑައަޅާފައިވަނީ މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގެ ހ.އާއި ނ. އަށް އިސްކަން ދީގެން އެ މެންބަރުންގެ މެންބަރު ކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވި ފަސް މެންބަރުންނަކީ

މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު

މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު.     

މި މެންްބަރުންގެ ތެރެއިން އަހުމަދު ސިޔާމް މުހައްމަދު މަޖިލީހުގައި ޚިދުމަތް ކުރައްވަމް ފެއްޓެވީ 27 ފެބްރުއަރީ 2005 ވަނައަހަރުއެވެ. އަހްމަދު ސަލީމާއި ޢަބްދުލްޣަފޫރު މޫސާ އާއި ގާސިމް އިބްރާހީމާއި އަހްމަދު އާމިރު މަޖިލީހުގައި ހިދުމަތް ކުރައްވަން ފެއްޓެވީ 28 މޭ 2009 ގައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް މުހައްމަދު އަސްލަމް އިންތިހާބުކޮށްފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ތާވަލުކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. މަޖިލީހުގެ ރައީސްކަމަށް އަސްލަމް، މިމަހުގެ 14 ވަނަދުވަހު ހޮވިވަޑައިގަތީ މަޖިލީހުގެ 53 މެމްބަރުންގެ ވޯޓާ އެކު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top