އެންމެ މޮޅު ދެ ދަރިވަރުންނަށް ރަމްޝާ އާއި ޝަމީލާ

ރަމްޝާ.jpg

2018ވަނަ އަހަރު އޯލްވްލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ރަމްޝާ --އީވީ.ފޮޓޯ

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދެ ދަރިވަރުންގެ މަގާމު އާމިނަތު ރަމްޝާއާއި  އަބްދުއްރަހްމާން އާއި ޝަމީލާ އަބްދުލް ޖަލީލު ހޯދައިފި އެވެ.

ރޭ އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މި ދެ ދަރިވަރުންނަށް އިނާމާއި ޝީލްޑް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަންނަޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ.

ރަމްޝާ ވަނީ މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދިހަ ދަރިވަރުންގެ ތެރޭގައި ހިމެނި ފަސް މާއްދާއިން އޭ ސްޓާ އާއި ތިން މާއްދާއިން އޭ ހޯދައިފަ އެވެ.

މަތީ ސާނަވީ އިން އެއްވަނަ ހޯދި ޝަމީލާ ވަނީ ގައުމީ ގަދަ ދިހަ އެއްގައި ހިމެނި ތިން މާއްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ ހޯދާފަ އެވެ. އެއާއެކު އެކައުންޓިން މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދައިފަ އެވެ.

އެއް ވަނަ ހޯދި ޝަމީލާ

 

އީވީގެ ފަރާތުން މި ދެދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާ އާ އެކު ތަހުނިޔާ ރައްދު ކުރަމެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top