ފްލައިމީން ދަރަވަންދޫއާ، މާލެއާ ދެމެދުކުރާ ދަތުރުތަކުން 100ރ އަގުހެޔޮކޮށްފި

atr42-500-8q-vaq-flyme-maldives-vqi-vp-maamigilli-vam-vrmv.jpg

ރާއްޖޭގައި ޑޮމެސްޓިކް ދަތުރުތައް ކުރާ ހަމައެކަނި އަމިއްލަ ކުންފުނި ކަމަށްވާ ވިލާ އެއާގެ ފްލައިމީ އިން ބ. ދަރަވަންދޫއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮ ކުރުމަށް ނިންމައިފިއެވެ.

ޕްލައިމީން ބުނީ މާދަމާ އިން ފެށިގެން ފްލައިމީ އިން ދަރަވަންދޫއަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާކެމަށާއި، އެގޮތުން އެއްކޮޅު ޓިކެޓެއް 575 ރުފިޔާއަށް ވިއްކުމަށް ނިންމާފައި ވާކަމަށެވެ.

ކުރިން ފްލައިމީއިން ދަރަވަންދޫއަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 675 ރުފިޔާއެވެ.

ކޮންމެ ދުވަހަކުވެސް ފްލައިމީގެ ތިން ފްލައިޓް ދަރަވަންދޫއަށް އޮވެއެވެ. ފްލައިމީން މިހާރު ތައްޔާރުވަމުން ދަނީ އައްޑޫ އަށާއި، ފުވައްމުލަކަށް އެ ކުންފުނީގެ ދަތުރުތައް ފެށުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top