ފެހެންދޫ ސްކޫލްގެ ދަރިވަރުން ޑިންގީ ދޫކޮށްލުމަށްފަހު ހައިސްޕީޑް ލޯންޗަށް

l_147827349947pKou.jpg

ފެހެންދޫ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ހަދިޔާ ކުރެއްވި ލޯންޗް ގޮއިދޫސްކޫލާ ހަވާލުކޮށްދެއްވަނީ - ފޮޓޯ ؛ އެޑިއުކޭޝަން

ބ.ފެހެންދޫ ސްކޫލްގެ ދަރިވަރުން ސްްކޫލަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ހައިސްޕީޑް ލޯންޗެއް ހަދިޔާ ކުރައްވައިފިއެވެ. ނަވާރަފޫޓު ދިގު 13 ފޫޓު ފުޅާ، 13 މީހުންްގެ ޖާގައިގެ މިލޯންޗް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހަދިޔާ ކުރީ އެޑިއުކޭޝަން މިނިސްޓަރ ބ. އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކުގެ ހާލަތު ބެއްލެވުމަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުގެ ތެރޭގައެވެ.

ފަސްރިޔާ ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކު ހަދިޔާ ކުރައްވާފައިވާ މި ލޯންޗަކީ ސީޓް ހަރުކޮށް އަތްވާއި ވާރޭއިން ނިވާވާނެ އަދި ތިލަ ފަޅުގައި ދުއްވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ލޯންޗެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލްގެ ދަރިވަރުން ގޮއިދޫ ސްކޫލްއަށް ބަދަލުކުރުމާއި ގުޅިގެން އެކުދިން ގޮއިދޫ ސްކޫލަށް އަންނަން ޖެހިފައި އޮތީ އާދައިގެ ޑިންގީއެއްގައެވެ. ފެހެންދޫ ސްކޫލްގައި ކިޔަވަންތިބީ ތިބީ އެންމެ ދެ ދަރިވަރުންކަމަށް ވާތީ ސްކޫލް ބަންދު ކުރުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން ގެންދެވީ ކޮންމެ ދަރިވަރަކަށް މަހަކު 1000ރ.ގެ އެލަވަންސެއް ދެމުންނެވެ.

އެހެންނަމަވެސ މި ފެރީގެ ހިދުމަތް ދޭން ފެށުމުން އުސޫލުގައި އޮންނަ ގޮތަށް ކޮންމެ މަހަކު ކުދިންނަށް ދެމުން ގެންދިޔަ އެލަވަންސް ދިނުން ހުއްޓާލާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ލޯންޗުގެ ސަލާމަތީ ކަންކަން ނިމުމުން ހިދުމަތް ދޭން ނިންމާފައިވާއިރު ދަތުރުގެ ކަންތައްތައް ހަމަޖައްސާނީ ގޮއިދޫ ސްކޫލް ޕީޓީއޭގެ ފަރާތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top