ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކަމަދޫ ތެދުވެއްޖެ

aa3e6690c7284a67b309d3d90f762c96_18.jpg

ރޮހިންޔާ މުސްލިމުންނަށް އެގައުމުގެ އަސްކަރީ ބާރުތަކުން ކުރާ އަނިޔާ އާ ދެކޮޅަށް ކަމަދޫ ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑު އުފުލައިފިއެވެ.

ގިނަ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ރޮހިންޖާގެ މުސްލިމުންނަށް ކޮށްފައިވާ އަނިޔާތައް ދައްކުވައިދޭ ފޮޓޯތަކާއި އެކަމާ ދެކޮޅަށް ފާޅުކޮށްފައިވާ ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތަކާއި ބޭނުންކޮށްފައިވެއެވެ.

ކަމަދޫ ގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިއަދުވަނީ ހިނގާލުމާއި ޚާއްސަ ދުއާ ކުރުމާއި ފަންޑު ފޮށި ހުޅުވުން ފަދަ ހަރަކާތްތައް ހިންގާފައެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސަރުކާރު އަޑީގައި އޮވެ އެގައުމުގެ އަސްކަރިއްޔާއިން މި ފަހަރު ހިންގަން ފެށި ޖަރީމާތަކަކީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އޭއާރްްއެސްއޭ)ގެ ނަމުގައި ހަރަކާތްތެރިވާ އެ ގްރޫޕު ބަލި ކުރުމަށް ކުރާ ކަމެއް ކަމަށް މިޔަންމާ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިޔަންމާ ސިފައިންގެ ހަރަކާތުގައި ކުރަމުންދާ ކަމަކީ މުސްލިމުންގެ އާއްމުން މެރުމާއި ގެދޮރު އެންދުމެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top