ފައިނަލަށް ދިއުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން – މާޅޮހު ކޯޗް

medium_146922.jpg

މާޅޮސް ޓީމުގެ ކޯޗް މުއާވިޔަތު ވީ ސްޕޯޓްސްއަށް އިންޓަވއިުދެނީ. އަަންގާރަދުވަހުގެ މެޗުން ކުޑަހުވަދޫ ބަލިކުރުމަށް މަސައްކަތް ކުރާނެކަމަށް ބުނި / ފޮޓޯ: ވީ ސްޕޯޓްސް

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އަންގާރަދުވަހު ކުޑަހުވަދޫއާއިއެކު ކުޅޭ މެޗުން މޮޅުވާން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ފައިނަލް ރައުންޑްގެ ގްރޫޕް ސްޓޭޖްގައި ޓީމްތައް ހައިރާންކޮށްލި އއ. މާޅޮހު ޓީމުން ބުނެފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުގައި މިއަދު ބޭއްވި ފަރިތަކުރުންތަަކަށްފަހު ވީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މާޅޮސް ޓީމްގެ ކޯޗު ބުނީ އަނެއްކޮޅުން ކުޅޭ ކުޑަހުވަދޫ ޓީމާއި ގުޅޭގޮތުން މާގިނަ މައުލޫމާތެއް ނޭނގޭކަމަށާ، އެހެންނަމަވެސް ސެމީ ފައިނަލް މެޗާއި ހަމައަށް ތައްޔާރުވާން ލިބުނު ވަގުތާ ބަލާއިރު ކުޑަހުވަދޫ ބައިކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލަށް މާޅޮހު ޓީމު ދަތުރުކުރީ ހަތަރު ޓީމު ވާދަކުރި ގްރޫޕުން ދެވަނަ ހޯދައިގެންނެވެ. ކުޅުދުއްފުށީގައި ކުރިއަށްދިޔަ ގްރޫޕް އޭގެ އެއްވަނައިގައި އޮތް މިލަންދޫ އާއި ދެ ވަނައިގައި އޮތް މާޅޮސް އަދި ތިން ވަނައިގައި އޮތް އޭދަފުށްޓައް ވެސް ލިބިފައިވަނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ. މިލަންދޫ އާއި މާޅޮހަށް ފައިދާ ލަނޑުން ކުރި ލިބުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ވަނީ ކަޓައިފައެވެ. މި ގްރޫޕްގެ ފުލަށް ދިޔަ ކުޅުދުއްފުށި ނިންމާލީ ތިން މެޗުން ތިން ޕޮއިންޓާ އެކުއެވެ.

ކޯޗު މުއާވިޔަތު ބުނީ ޓީމުގައި އަނިޔާގެ ކުދިކުދި މައްސަލަތައް އުޅޭ ކަމަށާއި އުއްމީދަކީ ސެމީ ފައިނަލް މެޗަށް އެ ކުޅުންތެރިން ފިޓުވުން ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާޅޮހާ ކުޑަހުވަދޫ ބައްދަލުކުރާނީ، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ތިނަދޫ އާއި ގްރޫޕް އޭގެ އެއްވަނަ މިލަންދޫއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫގައެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top