ވޯޓްފޮށިތައް އަތޮޅުތަކަށް ފޮނުވަން ފަށައިފި

657255127_1398768795624166_6502190625372923469_n-1.jpg

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނީ އަތޮޅުތަކުގައި ގާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފެށީ މިއަދު ކަމަށެވެ.

އެގޮތުން މިއަދު ވައިގެ މަގުން ތަކެތި ފޮނުވަން ހަމަޖެހިފައި ވަނީ ހއ، ރ، ތ، ލ، ގއ، ގދ، އައްޑޫ، ފުވައްމުލައް އަދި އައްޑުށެވެ. ކަނޑު މަގުން ތަކެތި ފޮނުވަން ހަމަޖެހިފައި ވަނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ.

އީސީން ބުނީ ކ. އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 އާއި 31 ގައި ކަމަށެވެ.

އިންތިހާބުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަނީ ފުލުހުންނާ ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top