އަންވަރު ކުއްލިގޮތަކަށް ގއ ކޮނޑޭ އިންޖީނުގެއަށް ބަދަލުކޮށްފި

އަންވަރު.jpg

ފެނަކަ ކޯޕަރޭޝަން އޭދަފުށި އިންޖީނުގޭ ސްޓޭޝަން މެނޭޖަރ އަހްމަދު އަންވަރު ކުއްލިގޮތަކަށް ގއ. ކޮނޑޭ އިންޖީނުގެއަށް ވަޒީފާ ބަދަލުކޮށްފިއެވެ.

މިކަން ފެނަކަ އޭދަފުށީ އިންޖީނުގެއިން ކަށަވަރުކޮށް ނުދިން ނަމަވެސް އިތުބާރުހުރި ގޮތަކަށް އީވީއަށް ވަނީ މިކަން ޔަގީންކުރެވިފައެވެ. އަންވަރު ބަދަލުކުރެއްވީ މިހާރުވެސް އޭނާ ހުންނެވި މަގާމާ އެއްފެންވަރުގައި ސްޓޭޝަން މެނޭޖަރަކަށެވެ. ޕީޕީއެމްގެ މެެންބަރު ، އަންވަރު ގއ ކޮނޑޭ އިންޖީނުގެއަށް މިބަދަލުކުރެވުނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އޭދަފުށީ ކައުންސިލްގެ 2 ގޮނޑި ޕީޕީއެމަށް ގެއްލިފައިވަނިކޮށެވެ.

މިކަމާ ގުޅިގެން އަންވަރުގެ ބަހެއް ހޯދާލުމަށް އީވީން އޭނާގެ ފޯނަށް ގުޅުމުން ފޯން ނުނަންގަވާތީ އޭނާގެ ކޮމެންޓެއް ލިބޭގޮތެއް ނުވިއެވެ.

1996 ވަނަ އަހަރުން ފެށިގެން އޭދަފުށި އިންޖީނުގޭގެ މެނޭޖަރެއްގެ މަގާމްގައި ހުންނެވި އަންވަރުވަނީ 2009 ވަނަ އަހަރު އިންޖީނުގޭގެ ވަޒީފާއިން ވަކިވެސް ކޮށްފައެވެ. ނަމަވެސް ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ، އޭނާއަށް އަލުން ވަޒީފާ ދެއްވީ 2012 ވަނައަހަރުގެ ތެރޭގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top