”ފަޅުރަށްތައް އަތޮޅު ކައުންސިލުތަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅުގޮތް“

large_1653720178445apO.jpg

އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިއަވަތި ކޮންފަރެންސްގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ފަޅުރަށްތައް ބެލެހެއްޓުން އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.

މިއަދު އއ. އުކުޅަހުގައި ކުރިއަށްދާ “ވިޔަވަތި ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ އަތޮޅު ކައުންސިލު ތަކަކީ މުޅި އަތޮޅުގެ ރިސޯސް ސެންޓަރަށް ވުމުގެ ޓެކްނިކަލް ކެޕޭސިޓީ ހުރި ތަންތަން ކަމުގައި ވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުތަކަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް ފާހަގަކުރައްވަމުން އަފްޝަން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ނުހެދުމުގެ ސަބަބުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށާއި، ގޯތި ދިނުން ލަސްވަމުންދާ ކަމަށެވެ.

“ކައުންސިލުތަކާ ޕްރައިވެޓް ސެކްޓާ ގުޅިގެން މަސައްކަތް ކުރެވޭނެ އެކި މޮޑެލް ހެދުން މުހިއްމު ކަމުގައި އަޅުގަނޑުމެން ދެކެން،” އަފްޝަން ވިދާޅުވިއެވެ.

ހަމަ އެހެންމެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށާއި ދައުލަތުގެ އިދާރާތައް ގިންތިކުރުމުގައި ކައުންސިލުތައް ހަތަރުވަނަ ދަރަޖައިގައި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ވިއަވަތި ކޮންފަރެންސް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ތިން ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ބައިވެރިވާގޮތަށެވެ. މިއީ މެދުރާއްޖެތެރޭގެ ރަށްތަކަށް (ބ،ޅ،ކ،އ،ވ،ފ) ހާއްސަ ކޮންފަރެންސެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިއަދާއި މާދަމާއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top