ކުނި މެނޭޖްކުރާ ސެންޓަރުގައި މަސައްކަތްކުރާ ބަންގާޅީން މަސައްކަތް ހުއްޓާލައިފި. ޑިމާންޑްކުރަނީ ބޮޑުމުސާރަ އަށް!

DSCN5030-1.jpg

އޭދަފުށީ ކުނި މެނޭޖްކުރާ ސެންޓަރުގައި މަސައްކަތްކުރާ ބަންގާޅީން މުސާރައިގެ މައްސަލާއިގާ މަސައްކަތް ހުއްޓާލައިފި އެވެ. އެމީހުން ޑިމާންޑު ކުރަނީ މުސާރަ ބޮޑު ކުރުމަށެވެ.

އީވީއާއި ވާހަކަ ދަައްކަމުން މުޒާހަރާގެ ބައިވެރިވާ ބަންގާޅީއަކު ބުނީ ކުރީގައި ދެ ޕިކަޕްގައި މަސައްކަތް ކުރުމުން މަސައްކަތް ނިމޭ ވަގުތު އަވަސް ވިޔަސް މިހާރު ގެންގުޅެނީ އެންމެ ޕިކަޕެއް ކަމަށްވާތީ މަސައްކަތުގައި އުޅެން ޖެހޭ ވަގުތު އިތުރުވެއްޖެ ކަމުގައެވެ.

”މަސައްކަތްކުރާ ވަގުތު އިތުރުވީމާ މުސާރާ އިތުރުވާން ޖެހެނީ. ކައުންސިލުން ކުރިން ބުނީ މިމަހު މުސާރަ ބޮޑު ކޮށްދޭނެ ކަމަށް. އެކަމަކު މަސް ފެށިގެން ދަނީ. އަދިވެސް މުސާރަ ބޮޑު ނުކުރަނީ. އެހެންވެ މިއަދު މަސައްކަތަށް ނުނުކުންނަނީ.“ ކުނީގެ މަސައްކަތުގައި އުޅޭ ބަންގާޅީއަކު ސާފު ދިވެހިބަހުން ބުންޏެވެ.

ރަށު ކައުންސިލުން ބަންގާޅީންގެ މިވާހަކަތައް ދޮގުކުރެ އެވެ.

”އެއްވެސް މީހަކަށް މުސާރަ ނުދީއެއް ނޯންނާނެ. މުސާރަ އޮންނާނީ ސަރުކާރުގެ އޮނިގަނޑަށް ފައްތާފައި. އެއީ ކަނޑައަޅައި ނިމިފައި އޮތް އެއްޗެއް. އެއާ އެއްގޮތަށް އަމަލުކުރެވޭނީ. މުސާރަ ބޮޑުކުރުމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން. މިއީ އާދައިގެ ކުންފުންޏެއް ނޫން. ސަރުކާރު. ހަމަ ހިތަށް އެރުމުން އުސޫލު ބަދަލުކޮށް އެމީހުންގެ ޑިމާންޑާ އެއްގޮތަށް މުސާރަ ބޮޑު ނުކުރެވޭނެ.“ ކައުންސިލުގެ ނައިބު ރައީސް، އަލީ ޝަފީގު ވިދާޅުވި އެވެ.

ރަށު ކައުންސިލުން ވަނީ މިއަދު ގޭގޭގައި ކުނި ނެގުން ލަސްވެދާނެ ކަން ހެނދުނު ގޭގެއަށް އަންގާފައެވެ. ނަމަވެސް އަދިވެސް އެއްވެސް ގެއަކަށް ކުނިނަގާކަށް ނުދެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top