ފޭލި ޤުރުއާން މުބާރާތް މިއަހަރު ރޯދަމަހު އޮންނާނެ . ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

1ވަނަ-800x490-800x490-800x490-o7t1v14mwvttjq72903xend1ulfx2t8j94z8d0ujxc.jpg

2019ވަނަ އަހަރު ބޭއްވި ފޭލި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ތެރެއިން : އީވީ ފައިލް ފޮޓޯ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ރޯދަމަހު އޭދަފުށީގައި ބާއްވަމުން ގެންދާ ޤުރްއާން މުބާރާތް ކޮވިޑް އާއި ގުޅިގެން މެދު ކެނޑުމަށް ފަހު މިއަހަރު ރޯދަމަހު ބާއްވާގޮތަށް ނިންމައިފި އެވެ.

ހަތް އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެނދާ މި މުބާރާތް ކުރިއަށް ގެންދިމަށް ނިންމާފައިވަނީ ހަތް އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 4 އަހަރާ 7 އަހަރާ ދެމެދާއި 10 އަހަރުން ދަށާއި 13 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރާއި 35 އަހަރާ ދެމެދު އަދި 35 އަހަރުން މަތީގެ އުމުރުފުރަ އެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ހުށަހަޅަން ޖެހޭނީ އޮންލައިން ކޮށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 28 އެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކުދިންގެ ހިތުގައި ޤުރްއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންތަކެއް އުފެއްދުން ކަމަށް ފޭލި ޖަމިއްޔާއިން ބުންޏެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top