ބ.އަތޮޅުގައި ބޮޑުއީދު ފާހަގަކުރުން ކުލަގަދަ

ފުޅަދޫ-3.jpg

އަޟްހާ އީދު ފާހަގަ ކުރުން ބ. ފުޅަދޫ-ފޮޓޯ :އީވީ

ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް 1439 ވަނަ އަހަރުގެ އަޟްހާ އީދު ކުލަގަދަ ކޮށް ފާހަގަ ކުރަމުން އެބަ ގެންދެއެވެ.

އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން އަތޮޅުގެ ރަށްރަށުގައި ސަގާފީ ކުޅިވަރުތަކާ ކުލަޖެހުމުގެ މުބާރާތްތަކާ އެކު ބޮޑެތި އިނާމު ލިބޭ މުބާރާތްތައް ވެސްދަނީ ހިންގަމުންނެވެ.

އޭދަފުށީގައި އަލަށް މިފަހަރު ފެނުނީ ޔޫތު ވިންގްސް އިން ތައާރަފް ކުރި ކަލަރ ފެސްޓިވަލް އެވެ. އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ފެސްޓިވަލް ވެގެން ދިޔައީ ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ނާއި އިސް ރަށްވެހިން ވެސް ބައިވެރިވި ފޯރިގަދަ ފެސްޓިވަލަކަށެވެ. މި ފެސްޓިވަލް ކުރިއަށް ދިޔައީ ކުލަ ޖެހުމުގެ ތަފާތު މުބާރާތްތަކަކާވެސް އެކުގައެވެ.

މީގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ މުބާރާތަކާއި އަޟްހާ އީދުގެ މުނާސަބަތުގައި ބާއްވާ ފްރެންޑްލީ ޔޫތު ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް ދަނީ ކުޅެވެމުންނެވެ. ސަގާފީ ކުޅިވަރުތަކާ ވެސްއެކު ރަށުތެރޭގައި އެންމެ ފޯރިގަދަވެފައި އަޑު ގަދައީ ކުލަޖެހުން ކަން ފާހަގަ ކުރެވެއެވެ.

ގޮއިދޫގައި މި އީދު ފަށާފައިވަނީ ފުޑް ފެސްޓިވަލް އަކާއެކުގައެވެ. އެރަށު ރައްޔިތުން ގްރޫޕް ތަކަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެ ގްރޫޕެއް ހިމެނޭ ސަރަހައްދުގެ ބޮޑު މަގުމައްޗަށް ކާ އެއްޗެހި ނެރޭގޮތަށް ނުވަ ގްރޫޕަކުން ބައިވެރި ވެފައި ވެއެވެ. އިދު ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުން ބައިބަޔަށް ބެހިގެން އެކުވެރިކަމާއެކު ގިނަ ކުޅިވަރު ތަކެއް ކުޅުމަށް ރާވާފައިވާކަމަށް ގޮއިދޫން ވާހަކަ ދެއްކި މީހަކު އީވީއަށް މައުލޫމާތު ދިނެވެ.

މި އަހަރުގެ އީދު އުފާ ބ.އަތޮޅުގައި އެންމެ ފޯރި ގަދަ ކޮށް ފާހަގަ ކުރަމުން ދާ އަނެއް ރަށަކީ ކަމަދޫއެވެ. އެރަށުގައި އީދު ފާހަގަ ކުރުމުގެ ގޮތުން ރަށުގެ ރައްޔިތުން ގުޅިގެން ފިރިހެނުންގެ ލަނގިރި ޖެހުމާއި އަންހެނުންގެ ލަނގިރި ޖެހުމާއި އަންހެނުންގެ ދަފި ނެގުމާއި މިކްސް ދަފި ނެގުމާއި ފިރިހެނުންގެ ކޯޑި ޖެހުމާއި މިކްސް މާފަތި ނެށުމާއި މާލި ނެށުން ހިމެނެއެވެ. މިކަމުގައި ރަށުގެ ފިރިހެނުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިންވެސް އެއް ރޫހެއްގައި އަންނަނީ ބައިވެރި ވަމުންނެވެ.

ކަމަދޫގައި އީދު ފާހަގަ ކުރުން – ފޮޓޯ : ކަމަދު ފޭސްބުކް ޕޭޖް

ކަމަދޫގައި އިދު ފާހަގަ ކުރުން -ފޮޓޯ : ކަމަދޫ ފޭސް ބުކް ޕޭޖް

ކަމަދޫގައި އީދު ފާހަގަ ކުރުން – ފޮޓޯ :ކަމަދޫ ފެސްބުކްް ޕޭޖް

ފިރިހެނުންނާއި އަންހެނުންގެ ވާދެމުމާއި ފިރިހެނުން ހުނި ގޭނުމުގެ މުބާރާތް ފަދަ ސަގާފީ ގިނަ ކުޅިވަރުތަކަކާ އެކު ކެންދޫގައިވެސް އަންނަނީ ތަފާތު ކުޅިވަރުތައް ކުޅެމުންނެވެ.

ކެންދޫ އަންހެނުންގެ ވާދެމުން – ފޮޓޯ ؛އަހްމަދު ފާރިޝް އެފްބީ ޕޭޖް .

ކެންދޫ ފިރިހެނުންގެ ހުނި ގޭނުމުގެ މުބާރާތް -ފޮޓޯ :އަހްމަދު ފާރިޝް އެފްބީ ޕޭޖް

ކެންދޫ އަންހެނުންގެ ވާދެމުން -ފޮޓޯ :އަހްމަދު ފާރިޝް އެފްބީ ޕޭޖް

ފުޅަދޫގައިވެސް އީދު ފާހަގަ ކުރަމުން ދަނީ މުޅި ރައްޔިތުންގެ ބައިވެރިވުމާއެކުގައެވެ. ކުޅިވަރުތަކުގެ ތެރޭގައި ސަގާފީ އަދި މިހާރުގެ ކުޅިވަރުތައް ހިމެނެއެވެ.

ދަރަވަންދޫގައި ބޮޑު އީދު ފާހަގަ ކުރުން

ޖުމްލަ ގޮތެއްގައި ބ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އީދު ކުރަމުން ދަނީ މުޅި ރައްޔިތުން ގުޅިގެން ވަރަށް އެކުވެރިކަމާއެކު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top