ބަހިއްޔާ ޕްރީސްކޫލްކުދިންގެ ބެލެނިވެރިން ސަމާލް!

12072647_886428858106428_7086796010447235274_n.jpg

ރަށްރަށުގައި ހިންގާ ޕްރީސްކޫލްތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ސްކޫލްތަކަށް ހެދުމަށް ނިންމުމާއި ގުޅިގެން އަންނައަހަރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ ޔޫކޭޖީ އަށް ވައްދަން ބޭނުންވާ ކުދިންނަށް އެސްކޫލުން އެފުރުސަތު ހުޅުވާލައިފިއެވެ.

މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު މިހާރުން ފެށިގެން ދޫކުރަމުން ދާކަމުގައާއި ފޯމް ދޫކުރާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމުގައި ސްކޫލުން ބުނެއެވެ.

މި ބަދަލާއެކު މިހާރު ބަހިއްޔާޕްރީސްކޫލްގައި ކިޔަމުން އަންނަ ދަރިވަރުންނާއި ޓީޗަރުން އަންނަ އަހަރު މަސައްކަތްކުރާނީ ބ.އތމ ގައެވެ.

ސަރުކާރުން ބުނެފައިވަނީ ޕްރީސްކޫލްތަކުގައި ތިބި ޓީޗަރުން ދެއަހަރު ދުވަސް ވަންދެން މަސައްކަތް ކުރާނީ ކޮންޓްރެކްޓް އުސޫލުންކަމަށާއި އެ މުއްދަތުގައި ޓީޗަރުން ތަމްރީނުކޮށް ސިވިލްސާވަންޓުންނަށް ބަދަލުކުރާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top