އޭޝިޔާގެ އެންމެރީތި ރިސޯޓްތަކުގެތެރޭގައި ސޮނޭވާފުށި

ސޮނޭވާފުށި ރިސޯޓް އެންޑް ސްޕާ

ސޮނޭވާފުށި ރިސޯޓް އެންޑް ސްޕާ

އޭދަފުއްޓާ ކިލޯމީޓަރަކަށް ވުރެވެސް ކައިރީގައި ހިންގާ ސޮނޭވާފުށިރިސޯޓް އެންޑް ސްޕާ އޭޝިޔާގެ އެންމެ ރީތި “ރިސޯޓް ރެސިޑެންޓް”ގެ ގޮތުގައި ހޮވިއްޖެއެވެ.މަތީ ފަންތީގެ ޕްރޮޕަޓީތައް ގިންތިކުރާ “ޕްރޮޕަޓީ ޑޮޓްކޮމް” އިން ހޮވި ރިސޯޓްތަކުގެ ތެރޭގައި ސޮނޭވާފުށި ހިމަނަމުން އެ ކުންފުނިން ޝާއިއު ކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ 55 ކޮޓަރީގެ ސޮނޭވާފުށި ރިސޯޓް އެންޑް ސްޕާ އަކީ ޖާދޫއެއްފަދަ ރީތި ފުރިހަމަ މަންޒިލެއްގައި އޮންނަ ރަށެއް ކަމަށާއެ ރިސޯޓް އޮންނަނީ ޔުނެސްކޯއިން ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދެއްގައި ކަމުގައެވެ.

މި ރިސޯޓަކީ ތިމާވެއްޓާ ރައްޓެހި ގޮތަށް ހުރިހާޚިދުމަތެއް ފަރުމާ ކޮށްފައިވާ ތަނަކަށްވާތީ އެކަމަށްވެސް ތައުރީފް ކޮށްފައިވެއެވެ.

ސޮނޭވާގެ އިތުރުން ދެން މި ލިސްޓްގައި ހިމެނޭ ރިސޯޓްތަކުގެ ތެރޭގައި މުއްސަނދިންގެ މެދުގައި މަގްބޫލުކަން ލިބިފައިވާ ތައިލޭންޑްގެ ޕުކެޓްގައި އޮންނަ އަންދްރާ ރިސޯޓް އެންޑްވިލާ ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top