ގޮއިދޫ ސިއްހީ މަރުކަޒުގެ ފަރާތުން ބ.އަތޮޅު ހޮސްޕިޓަލަށް ”ކެއަރޕެކެޖް“

ބ.ގޮއިދޫ ސިއްހީ މަރުކަޒުގެ ފަރާތުން ބ.އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން މިދުވަސްވަރު ޚާއްސަކޮށް ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ”ކެއާ ޕެކެޖް“ ފޮނުވައިފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ ގޮއިދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން “ކެއަރ ޕެކެޖް” ގެ ނަމުގައި އެހޮސްޕިޓަލުގެ މުވައްޒަފުންނަށް ތަފާތު ބާވަތްތަކުގެ ތާޒާ ތަރުކާރީ މިއަދު ފޮނުވާފައިވާ ކަމަށެވެ

 

ބ.އަތޮޅުގައި އެންމެ ފުޅާކޮށް ތަރުކާރީ ހައްދަމުން ގެންދާ ގޮއިދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް މި ފަދަ އެހީތެރިކަމެއް ވެދެއްވި ކަމަށްޓަކައި އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

“އަޅުގަނޑުމެންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މި ފަދަ އެހީތެރިކަމެއް ވެދެއްވީތީ ވަރަށް އުފާވެއްޖެ. އެކަމަށްޓަކާ ގޮއިދޫ ސިއްހީ މަރުކަޒުގެ ހުރިހާ މުވައްޒަފުންނަށް އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ޝުކުރު ދަންނަވަން.” މެނޭޖަރު ރަޝީދު ވިދާޅުވިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top