އިމާމްވެ ތަރާވީޙް ނަމާދުކުރާ ހާފިޒް ، އޭދަފުއްޓަށްއަތުވެއްޖެ

IMG-f70caa864398666ba2f1740df9daaea8-V.jpg

އޭދަފުށީގައި އިމާމްވެ ތަރާވީހް ނަމާދު ކުރުމަށް މޫސާ އަހްމަދު ގެނެސްދެއްވާފައިވާ ޕާކިސްތާނުގެ ޙާފިޒް

މިއަހަރުވެސް އޭދަފުށީ ބޮޑުމިސްކިތުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ގާރީ  އޭދަފުއްޓަށް މިއަދު އަތުވެއްޖެއެވެ.

އޭދަފުށީ ބޮޑު މިސްކިތުގައި ކޮންމެ އަަހަރަކުވެސް އިމާމްވެ ތަރާވީޙު ނަމާދު ކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޒަކު ގެނައުމުގެ ކަންތަކާ އޭނާއާ ބެހޭ ހުރިހާ ޚަރަދެއްގެ ކަންތަކާ އަމިއްލަ އަށް ޖާމިނު ވެގެން އުޅެނީ އޭދަފުށީ ކާށިދޫގޭ މޫސާ މުހައްމަދު އެވެ.

މޫސަ ވިދާޅުވީ ހާފިޒް ގެނައުން ލަސްވީ ރީތިކޮށް ޤުރުއާން ކިޔަވާ ޙާފިޒަކު ހޯދުމަށް ތަންކޮޅެއް ބޮޑަށް މަސައްކަތް ކުުރުމުން ކަމުގައެވެ.

މޫސަ ވިދާޅުވީ މި ފަހަރު މިގެނައީ ޕާކިސްތާނުގެ ޙާފިޒެއް ކަމަށާ ސްރީލަންކާގެ ޙާފިޒުންނާވެސް އިންޓަވިއު ކުރެވުނު ކަމުގައެވެ.

“ޤުރުއާން ކިޔެވުމުގެ ތަޖްވީދާއި މަޚްރަޖް އަދި އެ އިލްމަށް ކުރިއަރާފައިވާ މިންވަރު ބަލައިގެން މީހަކު ހޮވުމުގެ ކަންތައް ކުރިއަށް ގެންދިޔައީ. އެގޮތުން އެންމެ ރަނގަޅު ރަނގަޅު މީހަކު ހޮވީ.  ” މޫސަ ވިދާޅު ވިއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރު ރަމަޟާން މަހު އޭދަފުށީގައި އިމާމްވެ ތަރާވީހް ނަމާދު ކުރި އޭދަފުއްޓަށް އުފަން އުމުރުން 12 އަހަރުގެ އޭދަފުށީ ޖަންބުމާގެ އާގޭ ހާފިޒް މުސްތޮފާ ވެސް މިއަހަރު އިމާމްވެ ތަރާވީޙް ނަމާދު ކުރެއެވެ. އިންޑިއާގައި ތައުލީމު ހޯދަމުން އަންނަ މުސްތަފާވެސް މިހާރު ހުރީ އޭދަފުށީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top