އިންޓަރ އޮފީސް ބެޑްމިންޓަން ލީގު 2018: ޗެމްޕިއަން ކަން މިއަހަރުވެސް ބ.އަތޮޅު ތައުލީމީ މަރުކަޒަށް

DSC_4187.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމް ޓްރޮފީއާއެކު

އިންޓަރ އޮފީސް ބެޑްމިންޓަން ލީގު 2018ގެ ޗެމްޕިއަންކަން މި އަހަރުވެސް ބ.އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފިއެވެ.

ރޭ އޭދަފުށީ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލުގައި ތައުލީމީމަރުކަޒު ޗެމްޕިއަންކަން ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސް ކޮމްބައިން ޓީމާ އާ ބައްދަލުކޮށްގެން 4ސެޓް 1ސެޓުންނެވެ.

ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު އެވެ.

މުބާރާތުގެ އެންމެމޮޅު އަންހެން ކުޅުންތެރިއަކަށް ހޮވާފައިވަނީ ބީއެމްއެލް ކޮމްބައިން ޓީމުގެ ޖުނައިނާ ޖާދުﷲ އެވެ. ފިރިހެން ކުޅުންތެރިއަކަށް ހޮވާފައިވަނީ ތައުލީމީ މަރުކަޒުގެ ޓީމަުގެ އާސިފު އާދަމް މަނިކު އެވެ.

އޭދަފުށީގައި ހުރި ސަރުކާރު އޮފީސް ތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބ.އަތޮޅު ކައުންސިލްގެ ފަރާތުން ބޭއްވި މި މުބާރާތުގައި ފަސް ޓީމު ވާދަކުރި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top