ސިނގިރޭޓަކުން ނަގާ ޓެކްސް 4 ރުފިޔާއަށް ހަދަންފެނޭ – ނިހާން

big_Hh2XzyqPz8CWS8q.jpg

ސިނގިރޭޓަކަށް ނަގާ ޓެކްސް ދެ ރުފިޔާ ގެ ބަދަލުގައި ހަތަރު ރުފިޔާއަށް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން އިއްޔެ މަޖިލީހުގައި ބަހުސްކުރައްވަމުން ވިދާޅުވީ ސިނގިރެޓުންނާއި އެނާޖީ ޑްރީންކުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ “ދިވެހި ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށް” ޓަކައި ކަމަށެވެ.

މިހާރު ސިނގިރޭޓް ސްޓިކަކުން ނަގަނީ 1.25 ރުފިޔާ އެވެ.

ނިހާން ވިދާޅުވީ ރާއްޖެ ނޫން އެހެން ގައުމުތަކުގައި ސިނގިރެޓް ފޮއްޓެއް މިހާރު ވެސް އުޅެނީ 10 ޑޮލަރަށް ވުރެ މަތީގައި ކަމަށެވެ. ރާއްޖޭގައި ސިނގިރެޓަކަށް ނަގާ ޑިއުޓީ ދެރުފިޔާ އަށް ބޮޑުކުރިޔަސް ސިނގިރެޓް ފޮއްޓެއްގެ އަގު އެ ޖެހެނީ ހަ ޑޮލަރަށް ކަމަށާއި އެހެންވީމާ އަދި ވެސް ޑީއުޓީ ބޮޑުކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

“ދިވެހިރާއްޖެ ފިޔަވައި އަދިވެސް މި އޭސިޔާގެ ބައެއް ޤައުމުތަކާއި، އަދި ޔޫރަޕުގެ ގިނަ ޤައުމުތަކުގައި ސިނގިރެޓް ފޮުށްޓެއް މިހާރުވެސް އުޅެނީ 10 ޑޮލަރަުށް ވުރެ މަތީގައި. މި ވަރުން ޖެއްސީމަ ވެސް ރާއްޖޭގައި ސިނގިރެޓް ފޮުށްޓެއް އެބަލިބޭ 6 ޑޮލަރަުށް. އަދިވެސް ގާތްގަނޑަކަުށް 4 ޑޮލަރު ކުޑަކޮުށް 9 ރާއްޖޭގައި ސިނގިރެޓް ފޮުށްޓެއް މި ލިބެނީ. އެހެންވީމާ، އަދި މިވަރަކުންނެއް ނޫން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިނގިރެޓަކަުށް 4 ރުފިޔާ ޖަހަންޖެހޭ.އިއްޒަތްތެރި ރައީސް. އެއީ މިވަރުން ގޮސްގެން ނޫނީ އަޅުގަނޑުމެންގެ ޤައުމުގައި މިކަން ހުއްޓޭނެ ގޮތެއް ނެތް.”

އަމިއްލަ ތަޖުރިބާގެ އަލީގައި ސިނގިރެޓަކީ އިންސާނާގެ ހަށިގަނޑަށް ކިހާގެއްލުމެއް ހުރި އެއްޗެއްކަން ބުނެދޭން އެނގޭކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ. އެހެންވީމާ 100 ނުވަތަ 200 ރުފިޔާ އަށް ސިނގިރެޓް ފޮއްޓެއްގެ އަގު ބޮޑުކުރަން ވޯޓުދޭން “ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ތައްޔާރު” ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުން ކަމަށެވެ. އެއީ ކޮންމެހެން ފައިސާތަކެއް ބަޖެޓަށް ހޯދަން ކުރާކަމެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ސިނގިރެޓް ފޮއްޓެއްގެ އަގު 90 ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ. އަދި އެނާޖީ ޑްރިންކުގެ އަގު ވެސް އުފުލިގެން ދާނެ އެވެ. އެއިރުން ސިނގިރޭޓުން ނަގާ އިމްޕޯޓްޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާ އިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވަރަށްފަހުން އާސަންދަ ކޮމްޕެނީ އިންވެސް ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުމަށް ބޭނުންކުރާ ބޭސްތައް ހިލޭ ލިބޭ ބޭސްތަކުގެ ލިސްޓުގައި ހިމަނާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top