ޓީވީ ސީރީޒް ،އިޝްގްބާޒް ހުއްޓާލަނީ

ya2qmsb4-1537343825.jpg

ސްޓާރޕްލަސް އިން ގެނެސްދެމުން އަންނަ “އިޝްގުބާޒް” ޝޯ ހުއްޓާލަން އުޅޭކަމަށް އެސީީރީޒްގެ ޕްރޮޑިއުސަރު ގުލްހާން ބުނެފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ދައްކަމުން ގެންދާ ، އިޝްގުބާޒަކީ މުއްސަނދި އާއިލާއެއްގެ ތިން ބެއިންގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އަކަށް ހަދާފައިވާ ޑްރާމާ ސީރީޒް އެކެވެ.

މިހާތަނަށް އެ ސިލްސިލާގެ 700 އާ ގާތް ކުރާ އަދަދެއްގެ އެޕިސޯޑްތައް ގެނެސްދީފައިވާ އިރު މިއީ ދިވެހިންގެ މެދުގައިވެސް މަގްބޫލު ޓީވީ ޝޯއެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ޝޯ ނިންމާލުމަށް ޕްރޮޑިއުސަރ ނިންމީ “އިޝްގްބާޒް” ގެ ވާހަކަ އަހަރުތަކެއް ކުރިއަށް ޖައްސާލަން ޑިރެކްޓަރ ނިންމުމުން، އެ ޝޯގެ ލީޑް ބަތަލާ ސުރުބީ ޗަންދުނާ 29، (އަނީކާ) ހިތްހަމަ ނުޖެހި ޝޯއިންް ވަކިވާން ނިންމުމުން އެހެން ކާސްޓުން ވެސް “އިޝްގްބާޒު” އާ އެކު ކުރިއަށްދާން ދެކޮޅު ހެދުމުންނެވެ.

ނަމަވެސް ގުލް ބުނަނީ މުޅިން އާ ތަރިން ހިމަނައިގެން އެ ޝޯގެ އެހެން ސީޒަނަކާއެކު އެނބުރި އަންނާނެކަމުގައެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި “އިޝްގްބާޒް” ގެބަތަލާ މިހާރުވަނީ މިނީ ސީރީޒެއްގެ ގޮތުގައި ތަންކޮޅެއް ތަފާތު ގޮތަކަށް ގެނެސް ދޭނެ “ކާންޕޫރު ވާލޭ ކުރާނާސް” ސިލްސިލާ ކުޅުމަށް ސޮއިކޮށްފައެވެ.

ސުރުބީ މި ސިލްސިލާ ކުޅުމަށް ސޮއިކޮށްފައި މިވަނީ “އިޝްގްބާޒް” އިން ވަކިވުމަށް ފަހު، ވަރަށް އަވަހަށް އާ ސިލްސިލާއަކުން ފެންނާނެ ކަމަށް ބުނެ އޭނާ ޓްވީޓް ވެސް ކޮށްފައި ވަނިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top