ޝައިޚް ޝަމީމް އިންޑިއާއަށް އެތެރެވިޔަކަ ނުދިން

b_gwGPknFMuaxYEQWznSikV4Vul.jpg

ޝައިޚް އާދަމް ޝަމީމް - ފޮޓޯ /ޕީއެސްއެމް

ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް ބުނެ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް އަވައްޓެރި އިންޑިއާއަށް އެތެރެވިޔަ ނުދީ ބޭރުކޮށްލަން ނިންމައިފިއެވެ.

ޝެއިހް ޝަމީމް ހިފަހައްޓައިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގެ އެއާޕޯޓުނުނެވެ.

ޝެއިހް ޝަމީމް މިވަގުތު ހުންނެވީ އިންޑިއާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށް އިންޑިއާގައި ހުންނަ ދިވެހި ސަފީރު މައުލޫމާތު ދެއްވައެވެ.

ދިވެހިސަފީރު ވިދާޅުވީ ޝަމީމް ހައްޔަރުކުރީ އޭނާގެ ބައްޕަ އާއި ކޮއްކޮއާ އެކު މިއަދު ޓްރިވެންޑްރަމަށް ދިޔަތަނުން ކަމަށެވެ. ޝަމީމްގެ ބައްޕަ އާއި ކޮއްކޮ އަށް ޓްރިވެންޑްރަމަށް އެތެރެވުމުގެ ހުއްދަދިން ކަމަށާއި ނަމަވެސް ޝަމީމް ހުރީ ހިފަހައްޓާފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ދިވެހި ސަފީރު އިތުރަށް ވިދާޅުވެފައިވަނީ އިންޑިއާއަށް ޝެއިހް ޝަމީމް އެތެރެވިޔަ ނުދިން ސަބަބެއް ކަމާބެހޭ ފަރާތްތަކުން ސާފުކޮށް ނުދޭކަމަށާއި އެހެންކަމުން އެއީ ޑީޕޯޓްކޮށްލުން ނޫން ކަމުގައެވެ.

ޓްރިވެންޑްރަމްއިން އެންމެ އަވަހަށް ރާއްޖެ އަންނަ ފުލައިޓަކުން ޝެއިހް ޝަމީމް ފޮނުވާލާގޮތަށް އޮތީ ހަމަޖެހިފައެވެ.

އިންޑިއާއިން ވަނީ އެކިފަހަރު އެ ޤައުމުގެ މީޑިއާތަކުގައި ރާއްޖޭގައި ހައްދުފަހަނަޅާފައިވާ އިސްލާމީ ފިކުރު އާލާވަމުން ދާކަމަށް ތުހުމަތުކޮށްފައެވެ. އަދި އެއީ އިންޑިއާގެ ސަލާމަތައް ހުރި ނުރައްކަލެއް ގޮތުގައި އިންޑިއާއިން ދަނީ ފާހަގަކުރަމުންނެވެ.

މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުވެސް ޓްރިވެންޑްރަމަށް ވަޑައިގަތުމުން އެތެރެވިޔަ ނުދީ ވަނީ އަނބުރާ ފޮނުވާލާފައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު