ޒައިނަބުގެ ގާތިލް ދަންޖައްސަނި

imran-ali-challenges-conviction-in-zainab-rape-murder-case-1519134635-4084.jpg

މަރާލެވިފައިވާ ޒައިނަބު އަދި ގާތިލް އިމްރާން

ޕާކިސްތާނުގައި ރޭޕްގެ ޝިކާރައަކަށް ވެ އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ އުމުުރުން ހަ އަހަރުގެ ތުއްތު ޒައިނަބް އަންސާރީގެ ގާތިލް އިމްރާން އަލީ ދަންޖައްސަން ތައްޔާރު ވެއްޖެއެވެ.

މައްސަލައިގެ ގާތިލް އިމްރާންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕް ކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ.

އުމުރުން 24 އަހަރުގެ އިމްރާނުގެ މައްސަލަ ބަލަމުން ދިޔައީ، ސްޕެޝަލް އެންޓި ޓެރަރިޒަމް ކޯޓުންނެވެ. އެ ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމެއްގަައި މި މަހުގެ 17 ވަނަ ދުވަހު އޭނާ ދަންޖައްސާ މަރާލުމަށް ވަނީ ނިންމާފައެވެ.

މި އަހަރުގެ ޖެނުއަރީގެ މަހުގެ ހަތަރު ވަނަ ދުވަހު ކަސޫރުގައި ހުންނަ ޒައިނަބުގެ އާއިލާ މީހެއްގެ ގެއިން، ޒައިނަބު ގެންގޮސް ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނީ ކުނިގޮނޑަކުންނެވެ. އެ މައްސަލާގައި އިމްރާން ހައްޔަރުކޮށް އޭނާއާ ސުވާލު ކުރަން ފެށުމުން އެކަމަށް ވަނީ އެއްބަސް ވެފައެވެ.

އިމްރާނަކީ ޒައިނަބް ނޫން ކުދިންނަށް ވެސް ޖިންސީ ގޯނާކޮށް މަރާލާފައިވާ މީހެއްކަން ތަހުގީގުން ވަނި  ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި އަށް އަހަރުގެ ކުއްޖަކާއި، އެއަށްވުރެ ހަގު ދެ ކުދިންވެސް ހިމެނޭކަން ތަހުގީގަށް ވަނީ އެނާ ކިޔާދީފައެވެ.

ޒައިނަބް ރަހީނުކޮށްގެން ގެންގޮސް ރޭޕްކޮށް މަރާލިއިރު، އޭނާގެ މައިން ބަފައިން ތިބީ އުމްރާގެ އަޅުކަމަށް މައްކާގައެވެ.

ޕާކިސްތާނުގައި ފަހަކަށް އައިސް ރޭޕް ކުރުން ވަނީ އާންމުވެފައެވެ. އެގޮތުން ފާއިތުވީ ދެއަހަރުގެ ތެރޭގައި ކަސޫރު އަވަށުގައި ކުޑަކުދިން ރޭޕްކޮށް މަރާލުމުގެ އިތުރު ހާދިސާތަކެއްވެސް ދާދިފަހުން ހިނގާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top