ވެކްސިން ނުޖަހާ މީހުންގެ ރިލީޒް ސާމްޕަލަށް އަގު ނަގަނީ

l_161243092430Gfsb.jpg

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން --- ފޮޓޯ: ،ސަން ފަޔާޒު މޫސާ

ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރު ކުރުމަށް ފަހު އަމިއްލަ ހަރަދުގައި ރިލީސް ސާމްޕަލް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މި ގޮތަށް ހަމަޖެއްސީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ވެކްސިން ނުޖަހާ ދަތުރުކުރާ މީހުން ކަރަންޓީނުވުމަށް ފަހު ކަރަންޓީނުން ވީއްލުމުގެ ކުރިން ނަގަން ޖެހޭ ރިލީސް ސާމްޕަލް ދެން ނަޖަން ޖެހޭނީ އެމީހެއްގެ އަމިއްލަ ހަރަދުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަނުކުރާ އަދި ބަލި އުޅޭ ރަށްރަަށުން ދަތުރުކުރާ ފަރާތްތަކުން ކުރިއެކޭވެސް އެއްގޮތަށް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކަރަންޓީނު ވުމަށްފަހު ނަގާ ރިލީޒް ސާމްޕަލް، ވެކްސިން ނުޖަހާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގަން ޖެހޭނީ އަމިއްލަ ޚަރަދުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސުމާއި ގުޅިގެން ރަށްރަށަށް ކަރަންޓީނާއެކު ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުން ދޫވުމަށް ނަގާ ޓެސްޓުގެ ސާމްޕަލްގެ ހަރަދު ސެޕްޓެމްބަރު މަހުން ފެށިގެން ދައްކަންޖެހޭނީ އަމިއްލައަށެެވެ.

މީގެ ކުރިން އެގޮތަށް ނަގާ ސާމްޕަލްތަކަށް އެއްވެސް ހަރަދެއް ކަރަންޓީނުވާ ފަރާތުން ދައްކާކަށް ނުޖެހެއެވެ.

ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށްވެސް އަތޮޅުތެރެއަށް ދަތުރުކުރެވޭއިރު އެމީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ. އަދި އާއްމުންގެ ތެރއަށް ނުކުމެވޭނީ ރިލީސް ސާމްޕަލްގެ ނަތީޖާ ނެގެޓިވް ނަމައެެވެ.

އެޗްއީއޯސީން ބުނި ގޮތުގައި ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 21.38 އިންސައްތައަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top