ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި

DSCN9382.jpg

މޫސުން ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން ހއ.އަތޮޅުން ފެށިގެން ދ.އަތޮޅުގެ ރަށްރަށާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިސަރަަޙައްދު ތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:15 އިން 20:15 އަށެވެ.

މޫސުމާއިބެހޭ އިދާރާއިން ބުނެފައިވަނީ މޫސުން ކުރިއަށް އޮތްގޮތަށް ބަލާފައި ހުދު ސަމާޅުގެ މުއްދަތު އިތުރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ނުވި ނަމަވެސް، ދިޔަވަރު ބޮޑުވާ ގަޑިތަކުގަ އާއި ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭތީ މެޓުން ވަނީ މޫސުމަށް ހާއްސަ ސަލާމު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top