ފޭލި ޖަމްއިއްޔާއިން ބ. އަތޮޅު ހޮސްޕިޓަލަށް ވޯޑް ބެޑެއް ހަދިޔާކޮށްފި

21284307_10155179553108402_407333081_o.jpg

ފޭލި ޖަމްއިއްޔާއިން އަތޮޅު ހޮސްޕިޓަލަށް ވޯޑް ބެޑް ހަދިޔާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޭލި ޖަމްއިއްޔާ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖު (ފޭލި ޖަމްއިއްޔާ) އިން ބ. އަތޮޅު ހޮސްޕިޓަލަށް ބަލިމީހުން އެޑްމިޓް ކުރާ ވޯޑް ބެޑެއް ހަދިޔާ ކޮށްފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިބެޑް އަތޮޅު ހޮސްޕިޓަލާ ހަވާލުކޮށްދެއްވީ ފޭލި ޖަމިއްޔާގެ ފައުންޑަރ މެމްބަރ އަބްދުއްރައްޒާގް މުހައްމަދު އެވެ. އަތޮޅު ހޮސްޕިޓަލުން މިބެޑާ ހަވާލުވެލެއްވީ އެހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދެވެ.

އީވީއަށް މައުލޫމާތުދެމުން ފޭލީގެ ނާއިބްރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މިއީ ފޭލި ޖަމްއިއްޔާގެ އިޖްތިމާއީ ޒިންމާގެ ދަށުން އަތޮޅު ހޮސްޕިޓަލަށް ހަދިޔާކުރި ބެޑެއްކަމަށެވެ. އޭނާ ވިދާޅުވީ ވިއްސަކަށް ހާސްރުފިޔާގެ އަގުހުރި މިބެޑް ހޮސްޕޓަލަށް ހަދިޔާ ކުރީ މިވަގުތު ހޮސްޕިޓަލަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ބެލުމަށްފަހު ކަމަށެވެ.

“ޖަމްއިއްޔާތަކުން އެބަޔަކު އުޅޭ މުޖްތަމައުގެ އިޖްތިމާއީ ޒިންމާ އަދާކުރަން އެބަޖެހޭ. އެގޮތުން ފޭލި ޖަމްއިއްޔާއިން ކުރި ކަމެއް މިކަމަކީ. އަޅުގަނޑު ދަންނަވާނީ އެހެން ޖަމްއިއްޔާތަކުންވެސް މިފަދަ އިޖްތިމާއީ ކަންކަން ކުރެއްވުމަށް އިސްކަން ދެއްވާށޭ.” ރަޝީދު ވިދާޅުވިއެވެ.

އީވީއާ ވާހަކަ ދައްކަވަމުން ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވީ ފޭލި ޖަމްއިއްޔާއިން ހޮސްޕިޓަލަށް ދެއްވި އެހީއަކީ މިވަގުތު އެހޮސްޕިޓަލަށް ބޭނުންވާ މުހިއްމު އެހީއެއްކަމަށެވެ. މި ނަމޫނާ އެހެން ޖަމްއިއްޔާތަކުން ބެލުމަށްވެސް ވަހީދު އެދިވަޑައިގަތެވެ.

“މިހާރު ވޯޑްގައި ހުރި ބެޑްތައް ހުރީ ދުވަސްވެ ބައެއް ބެޑްތައް ހަލާކުވެސް ވެފައި. އެހެންވީމާ މިއީ މުހިއްމު އެއްޗެއް އަޅުގަނޑުމެންނަށް. މިފަދަ ކަންކަން އެހެން ޖަމްއިއްޔާތަކުންވެސް ކުރެއްވުމަކީ ހޮސްޕިޓަލަށް ލިބޭނެ ކުރިއެރުމެއް” ވަހީދު ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގައި ބޭނުންކުރެވޭ ބައެއް މެޝިނަރީތައް ބ. އަތޮޅުގައި ހުރި ބައެއް ރިސޯޓްތަކާއި ކުންފުނިތަކުން ހަދިޔާކޮށްފައި އެބަހުއްޓެވެ. ނަމަވެސް ރަށުގެ ޖަމްއިއްޔާއަކުން މިފަދަ އެހީއެއް ހޮސްޕިޓަލަށް ދިން މިއީ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top