ބ.އަތޮޅު ތައުލީމީމަރުކަޒުގައި އާއިމާރާތެއްއެޅުމަށް ބީލަމަށް ލައިފި

newspic511.jpg

ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި 4 ބުރީގެ12 ކްލާސްރޫމް އިމާރާތް ކޮށްދޭނެފަރާތެއްހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

ބީލަން ހުޅުވާލުމަށް ކޮށްފައިވާ އިއުލާނުގައި ވަނީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި 4 ބުރީގެ 12 ކްލާސްރޫމް އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ މި މަހުގެ16ވަނަ ދުވަހު އޮންނާނެކަމުގައެވެ.

ވޯލްޑްބޭންކްގެ އެހީއާއެކު އެންހޭންސިންއެޑިއުކޭޝަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ އަންނަ އޮކްޓޯބަރުމަހުގެ 18ވަނަ ދުވަހުގެ 13:00އާހަމައަށެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މި އިމާރާތް އަޅާނިމި ބޭނުން ކުރަންފެށުމުން އަނެއްކާވެސް މި ވަގުތަށް ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެއެވެ.

މި ސްކޫލްގައި މިހާރުވެސް ހަތްސަތޭކައަށްވުރެ ގިނަކުދިން ތައުލީމު ހާސިލްކުރަމުން ގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top