ސޯނޫ ބުނަނީ ރާއްޖޭގައި ހުނަރުވެރި ބައިވަރު އަންހެންކުދިން އެބަތިބިކަމަށް.

soneva-sonu-eva-640x410-1.jpg

ސޮނޭވާ ގްރޫޕްގެ ބާނީ ސޯނޫ ސިވްދާސަން އާއި އަންހެނުން އީވާ

 

ރާއްޖޭގައި ހުނަރުވެރި އެތައް އަންހެން ކުދިން އެބަތިބިކަމަށާއި އެކުދިންނަށް ރިސޯޓު ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތު ދިނުމަށް ބޭނުންވާ ކަމުގައި ސޮނޭވާފުށި ރިސޯޓްގެ އޯނަރ އަދި ސޮނޭވާ ކުންފުނީގެ ޗެއަރމަން ސޯނޫސިވްދާސަނީ ވިދާޅުވެއްޖެއެވެ. މަޝްހޫރު ނިއުސްއެޖެންސީ ޓެލެގްރާފަށް ދިން އިންޓަވިއު އެއގައި ސޯނޫ ވިދާޅުވީރާއްޖޭގައި އޭނާ ހިންގަމުންގެންދާ ރިސޯޓްތަކުގެ ވަޒީފާތަކަށް  ދިވެހި އަންހެންކުދިން ނެރެން ބޭނުންވާކަމަށާއި ރާއްޖޭގެ ޓޫރިޒަމްދާއިރާގައި މަސައްކަތް ކުރެވިދާނެ ހުނަރުވެރި އަންހެންކުދިން ބައިވަރު އެބަތިބި ކަމަށާއި ދިވެހި އަންހެން ކުދިންނަށް އެރިސޯޓްތަކުން މަރުހަބާ ކިޔާ ކަމުގައެވެ.

ސޯނޫ ވިދާޅުވީ އޭނާގެ ގްރޫޕުން ނ. އަތޮޅު މެދުފަރުގައި މި މަހު ހުޅުވާފައިވާ ރިސޯޓް،” ސޮނޭވާ ޖާނީ” ގައި މަސައްކަތްކުރާ 23 ޕަސެންޓް މީހުންނަކީ އަންހެނުންކަމަށެވެ. އެހެންނަމަވެސް ބޭނުންވަނީ މިއަދަދު 30 ޕަސެންޓަށް އިތުރު ކުރަންކަމަށާއި އެކަމަށް އެދުމުގެ ފުރުސަތު އެބައޮތަކަމުގައެވެ. އެރިރޯޓުގައި މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އެންމެ ފަހުގެ ޒަމާނީ ޚިދުމަތްތަކާއެކު އަންހެނުންނަށް ޚާއްސަ ވަކި އެކޮމޮޑޭޝަން ބްލޮކެއްވެސް ގާއިމްކޮށްފައިވާނޭ ކަމުަށް ސޯނޫ ވިދާޅުވިއެވެ.

ސޮނޭވާ ގްރޫޕުން ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓެއް ހިންގަންފެށީ  އޭދަފުށްޓާ ކިލޯމީޓަރަކަށްވުރެވެސް ކައިރީގައި އޮތް ކުންފުނަދޫ ގައި މީގެ 20 އަހަރު ކުރިން ނެވެ. ސޮނޭވާފުށީގެ ނަމުގައި އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވަނީ އިންޑިޔާ އާއި އިނގިރޭސިވިލާތައް ނިސްބަތްވާ ބިލިޔަނަރ ސޯނޫ ސިވްދާސަން އާއި އޭނާގެ އަންހެނުން ސުވިޑަންގެ ކުރީގެ ސުޕަ މޮޑެލް އީވާ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top