19ބޭފުޅުންގެ ޓީމަކާއެކު އެޑިއުކޭޝަން މިނިސްޓަރ މާދަމާ ބ. އަތޮޅަށް

medium_57644.jpg

ބ. އަތޮޅުގެ މަދަރުސާތަކަށް ކުރައްވާ ދަތުރުފުޅެއްގައި 19 ބޭފުޅުންގެ ޓީމަކާއެކު އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ތިން ދުވަހުގެ ދަތުރުފުޅެއްގައި ބ. އަަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. އަތޮޅުގެ ސްކޫލްތައް ހިނގާ ނުހިނގާގޮތް ބެއްލެވުމާއި ތައުލީމީ ސިޔާސަތު ތަންފީޒު ކުރެވެމުންދަނީ ކިހާ ވަރަކަށްތޯ ބެއްލެވުމުގެ ގޮތުންކުރައްވާ މި ދަތުރުފުޅުގައި ބ.އަތޮޅުގެ ހުރިހާ ސްކޫލްތަކަށްވެސް ވަޑައިގަންނަވާނެކަން އެނގިފައިވެއެވެ.

މި ދަތުރާބެހޭ އިތުރު މައުލޫމާތު ދެއްވަމުން ބ. އަތޮޅު ތައުލީމީ މަރުކަޒުން ވިދާޅުވީ މިނިސްޓަރގެ ބ. އަތޮޅު ދަތުރުފުޅު ފައްޓަވާނީ މާދަމާ ކަމުގައެވެ.

“މާދަމާ ދަރަވަންދޫއާއި ކުޑަރިކިލާއި ކަމަދޫ އަދި ކެންދޫއަށް ވަޑައިގަންނަވާ ގޮތަށް. އަނެއްދުވަހު އޭދަފުށްޓަށް ވަޑައިގަންނަވާނީ 10 ޖަހާއިރު. މެންދުރު ފަރިއްކޮޅަށްފަހު  އޭދަފުށިން ފުރާވަޑައިގެން ދެން ދަތުރުކުރައްވަން ހަމަޖެހިފައިއޮތީ  މާޅޮހާއި ކިހާދޫއާއި ދޮންފަނަށް. އަތޮޅުގެ ދެކުނު ބިތުގައި ހިމެނޭ ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ހުކުރު ދުވަހު. ” ބ.އަތޮޅު ތައުލީމީ މަރުކަޒުން ވިދާޅުވިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި ރަށްރަށުގެ ސްކޫލް މެނޭޖްމަންޓާއި ޕީޓީއޭ އާއި ބެލެނިވެރިންގެ އިތުރުން ރަށު ކައުންސިލްތަކާވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ.

ޑރ.އާއިޝަތު ޝިހާމު އެޑިއުކޭޝަން މިނިސްޓަރކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭދަފުށްޓަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. އެހެންނަމަވެސް އެކަމަނާއަކީ  އަތޮޅުތެރޭގެ ތައުލީމީ ހާލަތު ބެއްލެވުމުގެ ގޮތުން އަތޮޅުތެރޭގެ މަދަރުސާތަކަށް ވަޑައިގެން އެތަންތަން ހިނގާ ނުހިނގާ ގޮތް ގާތުން ބައްލަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅުކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top