ފުރަތަމަ ޓާމު ނިންމައި ދަރިވަރުން ދެހަފްތާގެ ޗުއްޓީއަށް

ޖހގކހުުގހބގ.jpg

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި މިއަދު ރިޕޯޓް ފޮތް ދަރިވަރުންނާ ހަވާލުކޮށް، ދަރިވަރުން ދެ ހަފުތާގެގެ ޗުއްޓީއަކަށް ހިނގައްޖެއެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުގެ މަތިން، ފުރަތަމަ ޓާމުގެ ކިޔެވުން ނިމި މިއަދު ޗުއްޓީ ފެށިފައިވާއިރު، ދެވަނަ ޓާމުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.

މި އަހަރުގެ ދިރާސީ ކަލަންޑަރު ބައްޓަންކުރެވިފައިވާ ގޮތުން، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އެ ޗުއްޓީ ނިމި 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ދެމިގެންދާއިރު، އާ ދިރާސީ އަހަރެއްގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ 17، 2027 ގައެވެ.

ތައުލީމީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސަރުކާރުގެ 217 ސްކޫލެއްގައި މިހާރު 81,000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. މި ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި 9,950 ޓީޗަރުން މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top